ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯދީއަށް ކުޑައިމީސްކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން: އަދީބް

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް - (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީއަށް ކުޑައިމީސްކޮށް ރާއްޖޭގެ ޕޮލިޓީޝަނުންތަކެއް ދައްކާފައިވާ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާކަމަށް ކުރީގެ ނައިބުރައީސް އަހުމަދު އަދީބް ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު މޯދީ އާއި އިންޑިއާ އަށް ސަރުކާރުގެ ބައެއް އޮފިޝަލުން ކުޑައިމީސްކޮށް ސޯޝަލްމީޑިއާގައި ޕޯސްޓުތަކެއް ކޮށްފައިވާ މައްސަލައެއް ހޫނުވެފައިވާއިރު، އަދީބްވަނީ އޭނާގެ އަމިއްލަ އެކްސް އެކައުންޓު މެދުވެރިކޮށް ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ބިނާވެފައިވަނީ މެހެމާންދާރީ އާއި ކެތްތެރިކަމުގެ އިތުރުން ސުލްހައާއި ހަމަޖެހުމުގެ މައްޗަށްކަމަށެވެ. އަދި ރާއްޖެ ބައިނަލްއަގުވާމީގޮތުން އެންމެ މަތީ ފެންވަރުގެ ޑެސްޓިނޭޝަނަކަށް ހަދާފައިވަނި އިންޑިއާވެސް ހިމެނޭހެން ބައިނަލްއަގުވާމީ ބްރޭންޑުތަކާއިއެކު ކުރެވިފައިވާ އެތަކެއް ސްޓްރެޓީޖިކް މަސައްކަތްތަކެއްގެ ތެރެއިންކަމަށްވެސް ފާހަގަކުރެއްވިއެވެ.

އަދީބް ވިދާޅުވީ، ކުޑައިމީސްކުރޮށް އަމާޒުކޮށްފައިވާ ބަސްތަކަށާއި، ނަސްލީގޮތުން ތަފާތުކުރުންތައް ގެންގުޅޭކަމަށް ފެނިގެންދާގޮތަށް ރާއްޖޭގެ ސިޔާސީ ބަޔަކު މީހުން ދައްކާފައިވާ ވާހަކަތައް ހަރުކަށި އިބާރާތުންކުށްވެރިކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، ދެކެވިފައިވާ ވާހަކަތަކާއި ސަރުކާރުން ފެޔަށް ޖެހިފައިވުމަށް މަރުހަބާ ކިޔާކަމަށާއި އެއީ ސަރުކާރުގެ ވިސްނުން ނޫންކަމަށްވެސް ހިއްސާކޮށްފައިވާކަަމަށެވެ.

އަދީވް ވިދާޅުވީ، ބައިނަލްއަގުވާމީ އިގްތިސާދަަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ނާޒުކުކަމަށްވުމުން ރާއްޖެއަކީ އެކުވެރި ގައުމެއްގެ ގޮތުގައި ފެނިގެންދިއުމާއި އެހެން ގައުމުތަކާއިއެކު ރަނގަޅު ގުޅުންތައް އުފެއްދުންވެސް މުހިންމުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: