ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ މަސައްކަތްތައް އާ އޮފީހަކަށް ބަދަލުކޮށްފި

އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އިބްރާހިމް ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އޮފީސް ބަދަލުކޮށްފިއެވެ.

ސޯސަން މަގުގައި ހުރި އޮފީހުން، އެމްޑީޕީގެ މަސައްކަތްތައް ބަދަލުކޮށްފައިވަނީ މާލޭގެ ލިލީ މަގުގުގައި ހުންނަ ގ ނިއުޝާގެ ދެވަނަ ފަންގިފިލައަށެވެ. މިކަމާއި ގުޅޭގޮތުން އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހިމް ވަހީދު އާއި “ސަންގު” އިންވަނީ ސުވާލުކޮށްފައެވެ.

އޭނާ ވިދާޅުވެފައިވާގޮތުން، ސޯސަން މަގުގައި ހުރި އިމާރާތުގައި އެމްޑީޕީއިން މަސައްކަތްތައް ކުރަމުންދަނީ ދެ ފަންގިފިލައެއްގައެވެ. އަދި އެކަމުގެ ސަބަބުން ހިންގުންތެރިކަމަށްވެސް ބައެއް ދަތިތައް ކުރިމަތިވާކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެހެންކަމުން ލުއި ފަސޭހަ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށްޓަކައި މިހާރު ބަދަލުކުރެވިފައިވާ އިމާރާތުގައި އެ ޕާޓީއިން ބޭނުންކުރަމުންދާނީ އެއް ފްލޯއެވެ. އެހެންކަމުން ޖާގައިގެ ތަނަވަސްކަމުގެ ފަސޭހަކަން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ، ކުރިން އޮފީސް ހުރި އިމާރާތްވެސް ދޫނުކުރައްވާކަމަށެވެ. އަދި ވެރިފަރާތުން އެތަން އަތުލުމަށްވެސް މަސައްކަތްތަކެއް ކޮށްފައިނުވާކަމަށާއި، އެތަނުގެ އެއްބަސްވުންތައްވެސް އާކުރެވިފައިވާކަން އޭނާ ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެކި ބޭނުންތަކުގައި އެ އިމާރާތްވެސް ބޭނުންކުރެވިގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: