ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހުގެ ކެމްޕެއިންއަށް ބޭނުންކުރާނީ އެމްޑީއޭގެ ހަރުގެ!

ރައީސް ސާލިޙްގެ ރިޔާސީ ކެމްޕެއިން ފެށުމަށް ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގެ ތެރެއިން ރައީސް ސާލިޙް އެމްޑީއޭގެ ލީޑަރ ސިޔާމްއާ ސަލާމް ކުރައްވަނީ: ފޮޓޯ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އިން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން ހަރުގެއެއްގެ ގޮތުގައި އެމްޑީއޭގެ ހަރުގެ ބޭނުންކުރުމަށް ނިންމާފައިވާކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަސައްކަތްތައް އާ އިމާރާތަކަށް ބަދަލުކޮށްފައިވާކަން ހާމަކޮށްފައިވާއިރު، “ސަންގު” އިންވަނީ އެ ޕާޓީއިން ބޭނުންކުރަމުންދިޔަ ހަރުގެ ޕާޓީއިންވަކިވެ އަލަށް އުފައްދާފައިވާ ޑިމޮކްރެޓްސްއިން އަތުލާފައިވާތީ އެ ކަމާއިމެދު ސުވާލުކޮށްފައެވެ. އެގޮތުން އެމްޑީޕީއިން ރިޔާސީ ކެމްޕެއިންއަށް ހަރުގެއެއް ކަނޑައަޅާފައިވޭތޯ ސުވާުލުކުރުމުން އިބްރާހިމްވަނީ ޖަވާބު ދެއްވާފައެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީއިން ހަރުގެއެއް ހޯދުމަށް މަސައްކަތްނުކުރާކަމަށެވެ. އިބްރާހިމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ކެމްޕެއިންއަށް އެމްޑީޕީއިން ބޭނުންކުރާނީ ކޯލިޝަން ޕާޓުނަރެއްކަމަށްވާ އެމްޑީއޭގެ ހަރުގެކަމަށެވެ. އަދި އެ ހަރުގެ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ކޯލިޝަންގެ ހަރުގެއެއްގެ ގޮތުގައި ކަނޑައެޅިގެންދާނެކަމަށް ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ހަރުގެއެއް ކަނޑައެޅިގެންދާނެކަން އެމްޑީޕީއިން ހިއްސާކޮށްފައިވާއިރު، އެ ޕާޓީއިން މީގެ ކުރިން ބޭނުންކުރަމުންދިޔައީ ހެންވޭރު ކޮޅުގައި ހުންނަ އިމާރާތެކެވެ. އެހެންނަމަވެސް މި އަހަރުގެ މޭ މަހުގެ ފަހު ކޮޅު، ޑިމޮކްރެޓްސްގެ މެމްބަރުންވަނީ އެ ހަރުގެ އަތުލައި އެ ޕާޓީގެ މަސައްކަތްތަކަށް ބޭނުންކުރަން ފަށާފައެވެ. އެމްޑީޕީއިންވަނީ އެ އަމަލަކީ ފިނޑިއަމަލެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: