ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ދައުރުގައި ހިނގާކަންކަން ރައީސް ސާލިހަށް އެނގޭކަމަކީ ރައްޔިތުން ގަބޫލުކުރަންޖެހޭ ހަގީގަތެއް: އަލީ އާޒިމް

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް: ފޮޓޯ/ ދަ ޑިމޮކްރެޓްސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ވެރިކަމުގެ ދައުރުގައި ފެންމަތިވެފައިވާ އެކި ބާވަތުގެ މައްސަލަތަކާއި ގުޅޭ މައުލޫމާތުތައް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އެނގިވަޑައިގަންނަވާނެކަން އެއީ ރައްޔިތުން ގަބޫލުކުރަން ޖެހޭ ހަގީގަތެއްކަމަށް މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމްވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތު ހުރި ގޮތާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، މި ދައުރުގައި 64 ބިލިއަނުން ދަރަނި އިތުރުވެގޮސްފައިވާކަމަށެވެ. އަދި އަންނަން އޮތް ޖީޅްތައް ވަނީ އެކަމުގެ ސަބަބުން ދަރާފައިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ހޯއްދަވައިދޭން އުޅެން ޖެހޭ ސަބަބެއް އޮތްތޯ އާޒިމް ސުވާލުކުރެއްވިއެވެ. އޭނާ ވިދާޅުވީ. އެކަން ކުރެއްވެން ނެތްކަމަށެވެ. އަދި ރައީސް ސާލިހު ދެވަނަ ދައުރަކަށް އެދިވަޑައިގެންނެވީ ދިވެހިރާއްޖެ ދަރުވާލުމަށްފަހުކަމަށެވެ. އެހެންކަމުން އޭނާ އެކަމާއި އެއްބަސްވެވަޑައިނުގަންނަވާކަމަށާއި ދެވަނަ ދައުރެއް ދޭން ބޭނުން ނުވާ ކަމަށް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ވައްކަން ފަދަ އަމަލުތައް ހިންގެވުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވާކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަތައް ނުބަލާކަމަށެވެ. އެހެންނަމަވެސް އެއީ ހަގީގަތްކަމަށާއި ފުލުހުންވެސް މައްސަލަތައް ނުބަލާކަމަށް އޭނާ  ވިދާޅުވިއެވެ.

އަލީ އާޒިމް ވިދާޅުވީ، ޖަލަށް ގެންދިޔަ ނަމަވެސް ރައްޔިތުންގެ ފައިސާގައި ޖެހުމުން އެވާހަކަތައް ދައްކަން  ޖެހޭނެކަމަށެވެ. އަދި މަގާމުގައި ހުންނެވީ ރައްޔިތުން އިންތިހާބުކުރެއްވުމުންކަމަށްވުމުން އެ ވާހަކަތައް ދައްކަވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: