ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި ދިވެހި ދަރިން ހަލާކުވަމުންދަނީ އިސްލާމީ އަސާސްތަކުން ދޫވަމުންދިއުމުގެ ސަބަބުން: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ ހަލާކުވަމުންދާކަމަށާއި އެކަން އެގޮތުގެ މަތިން ވަމުންދަނީ އިސްލާމްދީނުގެ އަސާސްތަކުން ދޫވަމުންދިއުމުގެ ސަބަބުންކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިޖްތިމާއީ ފޭރާން ނެތިވަމުންދާކަމަށް ފާހަގަކުރައްވާ އުމަރު ވިދާޅުވީ، ދިވެހިރާއްޖޭގައި ނެތީ ލޭ ހޫނުކޮށް ހުރި ވެރިޔަކުކަމަށެވެ. އޭނާ ވިދާޅުވީ، ގެނެސްދެއްވަން މަސައްކަތްކުރައްވަމުންދަނީ އެފަދަ ވެރިކަމެއްކަމަށެވެ. އަދި ދިވެހިރާއްޖެ އެހެން މިސްރާބަކަށް ގެންދަން ޖެހިފައިވާކަމަށްވެސް އުމަރު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ދިވެހިރާއްޖެއާއި ދިވެހި ދަރިންގެ އަހުލާގު ހަލާކުވެގެންދަނީ ކޮން ސަބަބުތަކަކާއި ގުޅިގެންކަން ބަލާލުން މުހިންމުކަމަށެވެ. އޭނާ ވިދާޅުވީ، އެގޮތަށް ކަންވަމުންދަނީ އިސްލާމް ދީނުގައި ހުރި އަހުލާގީ މިންގަނޑުތަކާއި އަސާސްތަކުން ދޫވަމުންދިއުމުގެ ސަބަބުންކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެ ހަލާކުވަމުންދަނީ އެ ސަބަބާއި ގުޅިގެންކަމަށެވެ.

އުމަރު ވިދާޅުވީ، އެހެންކަމުން އިސްލާމީ ޝަރީއަތުގައި ހިފުމަށް އެދިވަޑައިގެންނެވިއެވެ. އަދި އިސްލާމީ ޝަރީއަތާއި ގާތަށް ރާއްޖެވެސް އަނބުރާ ގެންދަންވެސް ގޮވާލެއްވިއެވެ. އުމަރު ވިދާޅުވީ، ރާއްޖޭގައި އުފެދިފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އިސްލާމީ ޝަރީއަތުގެ އުސޫލުތައް ގާއިމުކުރަން ޖެހޭ ކަމަށެވެ.

އުމަރުވަނީ ދިވެހިރާއްޖޭގައި ބޮޑުވަމުންދާ މަސްތުވާތަކެތީގެ މައްސަލައަށްވެސް އަލިއަޅުއްވާފައެވެ. އޭނާ ވަނީ އެފަދަ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ، އެ ނޫންގޮތަކަށް އުފެދިފައިވާ މައްސަލަތައް ހައްލު ނުކުރެވޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: