ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްގެ ސިޔާސަތުތައް ބައްޓަންކުރާނީ ހަރަދުކުރުމަށްފަހު ރައްކާކުރުމަށްވެސް ފައިސާ ހުންނާނެ ގޮތަށް: ވައްޑެ

މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެޓްސްގެ ސިޔާސަތުތައް ބައްޓަންކުރެވިގެންދާނީ ލިބޭ އާމްދަނީއިން ހަރަދުތައް ކުރުމަށްފަހު ފަހަށްވެސް ރައްކާކުރުމަށް ރައްޔިތުންގެ އަތުގައި ފައިސާ ހުންނާނެ ގޮތަކަށްކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ ސިޔާސަތުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ، ދިވެހިންނަކީ އުފެދުމުގައި، ތޮބިއްޔަތުގައި ފަންނާއި ހުނަރާއި މަސައްކަތްތެރިކަމާއި ހީވާގިކަން ހުރި ބައެއްކަމަށް ޑިމޮކްރެޓުން ދެކޭކަމަށެވެ. އޭނާ ވިދާޅުވީ، އިތުރު ހުނަރު ބޭނުން ނަމަ ނުވަތަ ޒަމާނީ ވަސީލަތްތަކުގެ އަލީގައި މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ބޭނުންވާ ނަމަ އެ ޖާގަ ހަދައިދޭނެކަމަށެވެ.

ވަހީދު ވިދާޅުވީ، ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ދައުލަތުގެ މުޅި އާމްދަނީ ކޮންކްރީޓަށް ހޭދަ ނުކުރާނެކަމަށް ވިދާޅުވަމުންދަނީ އެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ވިސްނުމުގައިކަމަށެވެ. އޭނާ ވިދާޅުވީ، ޑިމޮކްރެޓްސްގެ ސިޔާސަތުތައް ބައްޓަންވާނީ އަނބުރާ ލިބޭ ގޮތަށާއި ރަށްރަށުގެ އިގުތިސާދުވެސް ދިރިގެންދާގޮތަށްކަމަށެވެ. އޭނާ ވިދާޅުވީ، ޑިމޮކްރެޓްސްގެ ސިޔާސަތުތައް ބިނާކުރާނީ ގޭތެރޭގެ ހަރަދުތައް ހަމަޖެއްސުމަށްފަހު ފަހަށްވެސް ރައްކާކުރުމަށް ފައިސާ ހުންނާނެފަދަ ގޮތަކަށް ކަމަށެވެ. ވަހީދު ވިދާޅުވީ، ހުރިހާ ސިޔާސަތުތައްވެސް ބިނާކުރާނީ ތަނަވަސްތަކަން ލިބިގެންދާނެ ގޮތަކަށްކަމަށެވެ.

މީގެއިތުރިން ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ރައްޔިތުންނަށް ރަށުގެ “އިންޖީނުގޭ އިދާރާ” އަށް ގޮސް މަސައްކަތްކޮށްގެން އާމްދަނީ ހޯދުމަށް މަޖުބޫރެއް ނުކުރާނެކަމަށެވެ. އޭނާ ވިދާޅުވީ، ޑިމޮކްރެޓްސްއިން މަސައްކަތްކުރަމުންދަނީ ރައްޔިތުން ބޭނުންވާ ގޮތެއްގެ މަތިން އާމްދަނީ ހޯދުމުގެ މަގު ފަހިކޮށްދެއްވުމަށްކަމަށެވެ. އޭނާ ވިދާޅުވީ، މަސައްކަތްކުރަމުންދަނީ ކަންކަން އިތުރަށް ތަރައްގީކުރެވޭނެ މަގުތައް ހޯދައިދެއްވުމަށްކަމަށެވެ. އޭގޮތުން ޑިމޮކްރެޓްސްގެ ސަރުކާރެއްގެ ސިޔާސަތުތަކުގެ ދަށުން ރައްޔިތުންގެ ޓެކްސް ފައިސާ ހޭދަކުރެވިގެންދާނީ ވަށާޖެހޭ ގޮތެއްގެ މަތިން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްކަމަށް ކަމަށެވެ.

ވަހީދު ވިދާޅުވީ، އެމްޑީޕީ އުފެދިގެން އައިސް 17 ވަރަކަށް އަހަރުވެފައިވާއިރު، ދައުލަތުގެ އާމްދަނީ އިންތިހާއަށް މަތިވެފައިވާކަމަށެވެ. އެހެންނަމަވެސް އެ ނިސްބަތުން ރައްޔިތުންގެ އާމްދަނީ އިތުރުވެގެންނުދާކަމުގެ ޝަކުވާތައް އިވެމުންދާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދަައުލަތުގެ އާމްދަނީއާއި އެއް މިންވަރަކަށް ނުވަތަ އިތުރަށް އާންމު ފަރުދުންގެ އާމްދަނީތައް ހިއްލާލަ ދިނުމުގެ ވާހަކަތައް ދެކެވެމުން ދަނީ އަދި ކިރިޔާ ޑިމޮކްރެޓްސް ވުޖޫދުވެގެން އައުމާއިއެކުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: