ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ތާރީހު ގަޑުބަޑުވެފައިވާ މައިގަނޑު ސަބަބަކީ ތާރީހު ލިޔާ ފަރާތްތަކުން ވެރިން ރުއްސަން އުޅުން: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ދެ ރަސްކަލެއްގެ ނަންފުޅާ، ޗާގޯސް އާއި ގުޅިފައިވުމަކީ އެ ތަނަކީ ރާއްޖެއިން ބައެއް ގޮތުގައި ބެލެވޭ މުހިންމު ސަބަބެއް ނޫންތޯ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި މޮރިޝަސް ދެމެދު އުފެދިފައިވާ މައްސަލައިގައި، ޗާގޯސް އަކީ ރާއްޖެއިން ބައެއް ކަމަށް ރައީސް ނަޝީދު ފަދަ ބޭފުޅުން ފާހަގަކުރައްވާފައިވާއިރު، އެ މައްސަލައަށް އަލިއަޅުވައި، ވަހީދު ވަނީ އެ ރަށާއި ރާއްޖެއާއި ދެމެދު އޮތް މުހިންމު އެއް ގުޅުމަކީ، ރަސްކަލުންގެ ސިޓީތަކުގައި އެ ރަށުގެ ނަން ހިމެނިފައިވުންކަމަށް އިޝާރާތްކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ތާރީހު ދިރާސާ ކުރައްވާ ބޭފުޅަކު، ޗާގޯސް އާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ކުޑަކަމަށް ސިފަކުރައްވާފައިވުމަށް އަލިއަޅުވައި ވަހީދު ވިދާޅުވީ، ރާއްޖޭގެ ތާރީހު ގަޑުބަޑުވުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ، ތާރީހީ ކަންކަން ލިޔުއްވާ ފަރާތްތަކުން ހަގީގަތަށް އިސްކަން ދިނުމުގެ ބަދަލުގައި ގައުމުގެ އިސްވެރިން ގޮތުގައި ތިއްބެވި ފަރާތްތައް ރުއްސުމަށް މަސައްކަތްކުރެއްވުންކަމަށެވެ.

ރާއްޖޭގެ ސަރުކާރުން އިސްތިއުމާރީ އަޅުވެތިކަމާއި ދެކޮޅަށް މަސައްކަތް ކުރާނެކަމަށް ބުނެ ނެރިފައިވާ ބަޔާނަށް އަލިއަޅުވައިވެސް ވަހީދު ވަނީ ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ. އެނާ ވިދާޅުވީ، އިސްތިއުމާރީ އަޅުވެތިކަމާއި ދެކޮޅު ވުމަކީ އެއް އިސްތިއުމާރުން އަނެއް އިސްތިއުމާރަށް ނަގުލުކޮށްދޭން ވަކާލާތު ކުރުމެއް ނޫންކަމަށެވެ. އަދި އިސްތިއުމާރީ އަޅުވެތިކަމާއި ދެކޮޅުނަމަ، ވަކާލާތުކޮށްދޭންވީ އެ ބައެއްގެ އަމިއްލަވަންތަކަމަށާއި މިނިވަންކަމުގެ ދިފާއުގައިކަމަށް ވަހީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: