ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުކަށި ފިކުރާއި އަނިޔާވެރި ޢަމަލުތައް ގިނަވަމުންދާތީ ހުށަހެޅި މައްސަލަ މަޖިލީހުން ބަލާގަނެފި!

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހަރުކަށި ފިކުރާއި އަނިޔާވެރި ޢަމަލުތައް ގިނަވަމުންދާތީ ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ދިވެހިރާއްޖޭގައި ހަރުކަށި ފިކުރާއި ޢަމަލުތައް ގިނަވާކަމަށްބުނެ މައްސަލަ ހުށަޙަޅާފައިވަނީ، އުނގޫފާރު ދާއިރާގެ މެންބަރު މުޙަމަދު ވަޙީދު (ވައްޑެ)އެވެ.

މި މައްސަލަ މަޖލީިހުގެ ތަޅުމަށް ހުށަހަޅާފައިވާ ސަބަބުތަކުގެ ތެރޭގައި މެންބަރު ފާހަގަކުރެއްވީ:

1.  މި މަހު 22 ވަނަ ދުވަހު އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓްް މިނިސްޓަރު އަލީ ޞާލިހަށް އަމާޒުކޮށް ”މިހުރީ ސަރުކާރުގެ މީހެއް. މަރާލަންޖެހޭ.” މިފަދައިން ބުނެ ތޫނު އެއްޗަކުން ހަމަލާދީފައިވުން.

2. އިސްލާމްދީނުގެ ނަމުގައި އަނިޔާވެރި ޢަމަލުތައް ހިންގާ ހަރުކަށި ހައްދުފަހަނައެޅި ފިކުރަށް ތަބާވެ، އެ ފިކުރުގެ ދިފާޢުގައި މީހުން މަރަން ފަސްނުޖެހޭ، 1400 އަށް ވުރެއް ގިނަ މީހުން ރާއްޖޭގައި ތިބިކަމަށް ޕޮލިސް ކޮމިޝަނަރ ވިދާޅުވެފައިވުން.

3. މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އެއްކޮށްފައިވާ މައުލޫމާތު ތަކުގައިވެސް ދީނުގެ ނަމުގައި މީހުންނަށް ހަމަލާދީ މަރާ ކިތަންމެ ބަޔަކު ފާހަގަކުރެވިފައިވުން.

4. ނުރައްކާތެރި ވިސްނުމާއި، ފިކުރު މީހުންގެ މެދުގައި ފަތުރާ އަށަގަނެވުމުގެ މަސައްކަތްތައް ފުޅާވެފައިވާ މިންވަރާއި، ރޭވި އިންތިޒާމުވެގެން މިފަދަ ކަންކަން އެތައްބަޔަކު ހިންގަމުންދާކަމުގެ ސާފުހެކި މުއައްސަސާތަކުން އެއްކޮށްފައިވުން.

5.  މިފަދަ ފަރާތްތަކާ ގުޅުން ހުރި ގޮތުގައި ހަތިޔާރާއި ގޮވާ ތަކެތި އުފައްދާ މީހުންނާއި ތަންތަނަށް އަމާޒުކޮށް ހަމަލާދީފައިވުމާއި، ދައުލަތުގެ ޤާނޫނީ ނިޒާމު ބަލައިނުގަނެ، ދައުލަތް ކުފުރުކޮށް، ދައުލަތުގެ ވަޒީފާތަކުގައި އުޅޭ ބައެއް ފަރާތްތަކަށް ހަމަލާދިނުން ތަކުރާރުވަ،ުން ދިޔުމާއި، އަދި ރާއްޖޭގައި އުޅޭ ބޭރު ފަރާތްތަކާއި، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންވެސް މިފަދަ ނުރައްކާތެރި ފަރާތްތަކުގެ ޝިކާރައަކަށް ވެފައިވުން.

6. މިުފަދަ ކަންކަން ހިންގާ ފަރާތްތަކާ މެދުގައި މުއައްސަސާތަކުން ފިޔަވަޅު އެޅުމުގައި ފަހަތު ފަޔަށް ބުރަވެފައިވުމާއި، އާ ހިތްވަރަކާއި އާ އިންތިޒާމެއްގެ ދަށުން މުޅި މުޖުތަމައުއާއު ރައްޔިތުން ރައްކާތެރިކުރުން.

މިއަދުގެ ޖަލްސާގައި މި މައްސަލަ މަޖިލީހުން ބަލައިގަނުމާއިމެދު ވޯޓަށް އެހުމުން  މި މައްސަލަ ބަލައިގަނުމަށް މަޖިލީހުން ނިންމީ ހާޒިރުވެތިއްބެވި 25 މެނަބަރުންގެ އިއްތިފާޤުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: