ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޕީ، ޖޭޕީ އަދި ޑިމޮކްރެޓްސްގެ އިސްވެރިން ބައްދަލުކުރަނީ

ޖޭޕީ އެމްއެންޕީ އަދި ޑިމޮކްރެޓްސްގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް، ޖޭޕީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމް އަދި ޑިމޮކްރެޓްސްގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.

މ ކުނޫޒު ނުވަަތަ ޖުމްހޫރީ ޕާޓީގެ އޮފީހުގައި ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ މި ބައްދަލުވުމަކީ ގާސިމްގެ ދައުވަތެއްގެ މަތިން ބޭއްވުމަށް ކަނޑައެޅިގެންދިޔަ ބައްދަލުވުމެކެވެ. މި ބައްދަލުވުން މިއަދު ކުރިއަަށް ގެންދާއިރު، އިއްޔެގެ ވަގުތެއްގައި ނާޒިމްވަނީ ޕެރަޑައިސްއަށް ވަޑައިގެން ގާސިމް އާއި ބައްދަލުކުރައްވާފައެވެ.

ޕެރަޑައިސްގައި ކުރިއަށް ގެންދިޔަ ބައްދަލުވުމަކީ ރިޔާސީ އިންތިހާބަށް ދެ ޕާޓީ ގުޅިގެން މަސައްކަތްކުރުމާއިމެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއްކަމަށް ހާމަކޮށްފައިވާއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސްވަނީ މީގެ ދުވަސްތަކެއް ކުރިން ގާސިމް އާއިއެކު މަޝްވަރާތަކެއް ކުރައްވާފައެވެ. އެމަނިކުފާނުގެ އިތުރުން އިދިކޮޅުގެ ލީޑަރޝިޕުންވެސްވަނީ ގާސިމް އާއިއެކު ބައްދަލުކުރައްވާފައެވެ.

އެމްއެންޕީ، ޖޭޕީ، އަދި ޑިމޮކްރެޓްސް އެކުގައި ރިޔާސީ އިންތިހާބާއި ކުރިމަތިލާފާނެކަމަށް ފެނިގެންދާ ހަރަކާތްތަކެއް ކުރިއަށް ދާއިރު، މީގެކުރިން ރައީސް ނަޝީދާއިއެކު ކުރެއްވި މަސައްކަތްތައް ނިމުމަކަށް އައިސްފައިވަނީ އެމަނިކުފާނުގެ ހުށައެޅުންތަކަށް ގާސިމްއަށް ފުރިހަމައަށް އެއްބަސްނުވެވުމުގެ ސަބަބުންކަމަށް ރިޕޯޓުކުރެވިފައިވެއެވެ. އެގޮތުން އެމަނިކުފާނުގެ ބަރުލަމާނީ ގެނައުމަށް ކުރައްވަމުންދާ މަސައްކަތްތަކާއި ޖޭޕީގެ ހިޔާލާއި ފުށުއަރާކަމަށް ރިޕޯޓުތަކުގައިވެއެވެ. އެމްއެންޕީގެ ނާޒިމްއަކީވެސް މީގެ ކުރިން ގާސިމް އާއިއެކު މަސައްކަތްތަކެއް ކުރެއްވުމަށްފަހު، ޖޭޕީއިން ވަކިވެވަޑައިގެން އަމިއްލަ ޕާޓީއެއް އުފެއްދެވި ފަރާތެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: