ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ މެންބަރުން ވިސްނަވަނީ އަމިއްލަ ޖީބައް ބަރުވާނެގޮތެއްނޫން، މީ ދެމެހެެއްޓެނިވި ވަށާޖެހޭޕާޓީއެއް: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މެންބަރުންނަކީ އަމިއްލަ ޖީބުތައް ބަރުކޮށްގެން އުޅޭނެ ބައެއްނޫން ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ މިހެންވިދާޅުވީ އެެމްޑީޕީގެ ޗެއަރ ޕާސަންއަކައް ވާދަ ކުރައްވާ މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ކެންޕެއިން ދަތުރުގެތެރެއިން ގއ އަދި ގދ އަތޮޅައް ކުރައްވާ ދަތުރުގައި އިއްޔެ ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑީޕީ އަކީ މަރުހޫމް ސަލީމްބެ ކަހަލަ ބޭފުޅުންގެ އާދަޔާ ޙިލާފު ދުރުވިސްނުމާއި، ވަކިމަޤުސަދެއްގައި އެތައްބައެއްގެ ހިއްވަރުންނާއި މަސައްކަތުން ފޯދި ރޯވެ އެފެދިގެންއައި ޕާޓީއެއްކަން ވައްޑެ ފާހަގަކޮޢްލެއްވިއެވެ. ތިނަދޫގެ ފަސްގަނޑަކީ އެމްޑީޕީ އުފެދުމުގެ އެއް އަސްލުކަމުގައާއި އެމްޑީޕީ ބޭނުންވަނީ ހަމައެކަނި ޕޯޑިއަމްތަކުގަ އަރާ ބަސްތަކަކުން ތިލަކޮށްގެން ފޮނިކަނޑަންނޫންކަމަށާއި، ރައްޔިތު މީހާގެ ހަމައިސްކޮޅައް ތެދުވެވޭ ދިވެހިރައްޔިތުންތަކެއް އުފެއްދުމުގެ އިތުރުން ތާހިރު ދިރިއުލުމެއް ކޮންމެ މީހަކަށް އުޅެވޭނެގޮތް ހޯދައިދިނުންކަމުގައި ވައްޑެ ވިދާޅުވިއެވެ.

ޓެކްސްގެ ނިޒާމުން ދައްކަންޖެހޭ ފައިސާ ކުޑަވީނަމަވެސް އޭގެން ކޮށްފަ ހުރި މަންފާތައް ރާއްޖޭގެ ހުރިހާ އަތޮޅަކުންވެސް ފެންނަމުންދާކަމާއި، މީ އެމްޑީޕީ ވިސްނުން ކޮށިނުވާކަމާއި އެމްޑީޕީގެ މެނިފެސްޓޯގެ އަސްލު ކުލަވަރުކަންވެސް ވައްޑެ ފާހަކަކޮށް އެކަމަށް ދެން އޮތްތަނުގަ ޕާޓީ ކުރިއަރާދާނީ އިންތިއަށް ވޯޓު ދެއްވުމުން ކަން ވިދާޅުވިއެވެ.

” ޓެކްސްގެ ނިޒާމް ވަރަށް ކުޑަކުޑަ ކަމެއް. ޓެކްސްގެ ނިޒާމް އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ރައާރަފްކުރީ. އެއިން އުފެދިގެނަދިޔަ ޖާގަ. އެއިން ރައްޖޭގެ ރައްރަށުގައި. ހުރިހާ ރަށެއްގަ ހުރިހާ އަތޮޅެއްގަ. ހިންގޭ މަޝްރުތަކުގެ އަދަދު ތިބޭފުލުންނަށް ފެނިވަޑައިގަންނަވާނެ. އެއީ މި ޕާޓީއަކީ ދެމެހެއްޓެނިވި ވަށާޖެހޭ ނިޒާމެއްގެ ތެރެއިން. ހަމައެކަނި އަޅުގަނޑުގެ އަންބޮޑިޔަށް ލުމުގެ ބަދަލުގައި އަޅުގަނޑާއިއެކީގަ އަޅުގަނޑުމެން އެންމެނަށް ފައިދާހުރި ސިޔާސަތުތަކެއް އުދެއްދުމުގެ މަޤްސަދުގައި އުފެދިގެނަ އައި ޕާޓީއެއ. އަޅުގަނޑުމެނަ ދާންޖެހެނީ އެ އަމާޒަށް އެ ވިސްނުމަށް . އެކަމަށްޓަކާ އިމްތިޔާޒް ފަހުމީ އެބަގެންގުޅުއްވާ އެ ވިސްނުން. ” ވައްޑެ

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: