ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގަށް ޕާޓީތަކަށް މީހުން ވައްދާ މައްސަލަ، އެމްޑީޕީން ހުށައެޅުމުން ބަލައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

އާންމު ރައްޔިތުންގެ ބައިވެރިވުމެއް ނެތި އަދި އެ މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވެއްދުމާއި ނޭނގި އެއް ޕާޓީން އަނެއް ޕާޓީއަށް ވެސް ބަދަލުކުރާ މައްސަަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަފީގުއެވެ.

މައްސަލަ 40 މެމްބަރުންގެ ވޯޓާއިއެކު މަޖިލީހުން ބަލައިގެންފައިވާއިރު މިހާރު ދަނީ މި މައްސަލަ އާއިމެދު ބަހުސް ކުރެވެމުންނެވެ.

އެ މައްސަލަ ހުށައަޅުވަމުން ޝަފީގު ވިދާޅުވީ ސިޔާސީ ޕާޓީއަށް މީހުން ވެއްދުމާއި އެއް ޕާޓީއިން އަނެއް ޕާޓީން މީހުން ބަދަލުކުރުމާއި ވަކި ކުރުމުގައި އެ މީހުންގެ އެއްވެސް ބައިވެރިވުމެއް ނެތި އޮވެ ސިޔާސީ ޕަޓީތަކުގައި އާންމުންނަށް ބައިވެރިވުމުގެ ހައްގު ބައެެއް ފަރާތްތަކުން ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށެވެ. އަދި އޭގެ ސަބަބުން ވަކި ސިޔާސީ ފިކުރެއްގައި މަސައްކަތް ކުރުމުގެ ހައްގު ގެއްލި އަދި އެ ފަރާތްތަކުގެ އިހުތިޔާރު ނަގާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވައްދާ މައްސަލަތައް ބެލުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ އުސޫލުގެ ސަބަބުން އިތުރު ގެއްލުންތައް ލިބުމާއި މިފަދަ ކަންކަމުގެ ސަބަބުން ސިޔާސީ ޕާޓީތަކަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވަމުންދާކަން ވެސް ޝަފީގު ފާހަގަ ކުރެއްވިއެވެ. އަދި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކި ކުުރުމާއި ބަދަލު ކުރުން ތަކުރާރުކުރުން ހިނގަމުންދާތީ އެކަންކަމުގެ ސަބަބުން ސިޔާސީ ޕާޓީއެއްގައި ޖެހެން ބޭނުންނުވާ ރައްޔިތުންނާއި ސިިޔާސީ ޕާޓީތަކުގެ އުޅޭ ރައްޔިތުންގެ ޝަކުވާ އިތުުރުވެ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރީގައި އިދިކޮޅުގެ ފަރާތުން ވަނީ މިއާއި ދާދި އެއްދަފަ މައްސަލައެއް ހުށައަޅާފައެވެ. ނަމަވެސް މައްސަލަ ބަލައިގަތުމަށް ބޭނުންވާ މިންވަރަށް ވޯޓު ނުލިބުމުގެ ސަބަބުން މައްސަލަ ވަނީ ތަޅުމުން ބޭރުކޮށްލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: