ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މައުމޫނު ބާކީއެއް ނުވި، ޕާޓީއަށް 3000 މެންބަރުން ހަމަކޮށްފި!

އެމްއާރުއެމްގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް އަދި ރައީސް ފާރިސް މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް ޕާޓީއަށް 3000 މެންބަރުން ހަމަކޮށްފިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީން ވަނީ 3000 މެންބަރުން ހަމަނުވާ ޕާޓީތައް މި މަހުގެ 14 ގެ ކުރިން މެންބަރުން ހަމަނުވެއްޖެނަމަ އުވާލާނެކަމަށް ބުނެ މިފަދަ 4 ޕާޓީއަކަށް ނޯޓިސް ދީފައެވެ. އޭގެ ތެރޭގައި މޯލްޑިވްސް ރިފޯމް މޫވްމަންޓްވެސް ހިމެނެއެވެ.

އެމްއާރުއެމްއަށް މީހުން ހަމަވުމާއި ގުޅިގެން ޓްވީޓެއްކޮށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، މޯލްޑިވްސް ރިފޯމް މޫވްމަންޓް އިން 3000 މެންބަރުން ހަމަކޮށްފިކަމަށެވެ.

މީގެ ކުރިން އެމްއާރުއެމްއިން ބުނެފައިވާ ގޮތުގައި ޕާޓީއަށް މީހުން ހަމަ ނުވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާ ފޯމްތައް ޕްރޮސެސް ނުކުރާތީއެވެ. ނަމަވެސް މިކަމާއި ގުޅިގެން ކޮމިޝަނުން ބުނެފައިވަނީ ޕްރޮސެސްކުރުމުގައި ބަލަނީ ފޯމް ހުށައަޅާ ތަރުތީބަށްކަމަށާއި ނަމަވެސް މިހާރު ފޯމްތައް ޕްރޮސެސްކުރަމުން ދަނީ މެންބަރުން ހަމަނުވެއްޖެނަމަ މި މަހުގެ 14 ގައި އުވާލުމަށް ނޯޓިސް ދެވިފައިވާ ޕާޓީތަކަށް އިސްކަން ދީގެންކަމަށެވެ. އެގޮތުން އެމްއާރުއެމްގެ ގިނަ ފޯމްތަކެއް ލިބިފައިވާތީ މިހާރު ކުރިއަށް ދަނީ އެ ފޯމްތަކުގެ މަސައްކަތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: