ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނުގެ ހިތްވަރުގަދަ މުޖާހިދުން ފެށި ޖިހާދަކީ އަރަބީންގެ ކަރާމާތަށްޓަކައި ފެށި އާ މަރުހަލާއެއް: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް/ ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނުގެ މުޖާހިދުން ފެށި ޖިހާދަކީ އަރަބީންގެ ކަރާމާތަށްޓަކައި ފެށި އާ މަރުހަލާއެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މައުމޫނު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ފަލަސްތީނުގެ ހިތްވަރުގަދަ މުޖާހިދުން ފެށި ޖިހާދުގެ އާ މަރުހަލާ އަކީ މުސްލިމުންނާއި އަރަބީންގެ ކަރާމަތާއި ޝަރަފަށް ޓަކާ ފެށި ހުތޫރަތްތެރި އާ މަރުހަލާއެއް ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ފަލަތީނުގެ މުޖާހިދުންނަށް މާތް ﷲ ނަސްރާއި ކާމިޔާބީ ދެއްވުމަށް އެދި މައުމޫން ވަނީ ދުއާ ކުރައްވައިފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 788 މީހުން ޝަހީދުވެ، 4،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

މިއީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރުކުރަމުންދާތީ އެކަމާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: