ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޞްލާޙަކީ ފިކުރެއް، ފިކުރެއް ނައްތައެއް ނުލެވޭނެ: ރައީސް މައުމޫނު

އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނު، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްއާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

އިޞްލާޙަކީ ފިކުރެއްކަމަށާއި، ފިކުރެއް ނައްތައެއް ނުލެވޭނެކަމަށް ރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަން ކުރެއްވި މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނު މިފަދައިން ވިދާޅުވެ ޓުވީޓެއްކުރައްވާފައި މިވަނީ އެމަނިކުފާނު 2019 ވަނަ އަހަރު އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ނިންމާފައިވަނިކޮށެވެ.

ރައީސް މައުމޫނު ކުރެއްވި ޓުވީޓު.

އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމްގައި މެމްބަރުން ހަމަ ކުރުމަށް ދެވަނަ ފަހަރަށް ދިން ނޯޓިސްގައި ޕާޓީ އުފެއްދުމަށް ހަމަކުރަންޖެހޭ 3000 މެމްބަރުން ހަމަނުވުމުގެ ސަބަބުން ޕާޓީ އުވާލާފައިވާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. އެ ޕާޓީ އުވާލާފައި މިވަނީ ސިޔާސީ ޕާޓީތަކާއެކުގައި މަޝްވަރާތައް ކުރަމުން ދަނިކޮށެވެ.

މީގެ އިތުރުން އެމްއާރުއެމްގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިނުވާއިރު، އެ ޕާޓީގެ ފަރާތުން އިންތިހާބުގެ މަސައްކަތްތަކާއި މަޝްވަރާތަކުގައި އެހެނިހެން ޕާޓީ ތަކާއި އެކު ބައިވެރިވެފައިވެއެވެ.

އެމްއާރުއެމްގެ ރައީސްގެ މަގާމުގައި ހުންނެވީ ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން އެވެ. އަދި އެ ޕާޓީގެ ފަރާތުން ސަރުކާރުގެ މަގާމްތަކުގައި މީގެ ކުރިން ގިނަ ބޭފުޅުންތަކެއް ތިއްބެވިއެވެ. އޭގެ ތެރޭގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ އިބްރާހިމް ހަސަން ހިމެނެއެވެ.

ޕާޓީ އުވާލަން ނިންމުމާއި ގުޅިގެން ޕާޓީގެ ރައީސް ފާރިސް މައުމޫނު ވިދާޅުވީ ގާނޫނީ އަދަދަށް މެމްބަރުން ހަމަނުވުމުގެ ސަބަބުން ޕާޓީ އުވާލަން ނިންމާފައިވާކަން އެ ޕާޓީއަށް އީސީން އަންގާފައިވާ ކަަމަށެވެ. އަދި އޭނާ ވަނީ މިދަނޑިވަޅުގައި މެމްބަރުން ކެތްތެރިވެ ތިބުމަށް އިލްތިމާސްކޮށްފަައެވެ. ފާރިސްގެ ވާހަކައިގައި އީސީގެ ނިންމުމަކީ ކޮރަޕްޝަން އެކުލެވޭ ނިންމުމެއް ކަމަށާއި އެކަމުން ގައުމުގައި ފަސާދަ އާއި ކޮރަޕްޝަންގެ ވަކި ހިއްޕާލާފައި އޮތް މިންވަރު ހާމަވެގެންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ފާރިސް ވަނީ އީސީގެ ނިންމުމުގެ މައްޗަށް ކުރި ހޯދާނެ ކަމަށް ވިދާޅުވެ ހައްގުގެ މަގުގައި ސާބިތުކަން މަތީ ދެމިތިބުމަށް ޕާޓީގެ މެމްބަރުންނަށް އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: