ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގުތީ ގޮތުން ޕާޓީން ވަކިވުން އެއީ ގަބޫލުކުރެވޭ އުސޫލެއް ނޫން: އެމްއާރުއެމް

ރައީސް މައުމޫނާއި ފާރިސް މައުމޫން.. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަގުތީ ގޮތުން ޕާޓީން ވަކިވުމަކީ އެބޭފުޅުން ގަބޫލުކުރާ އުސޫލެއްނޫންކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ބުނެފިއެވެ.

ރޭގެ ވަގުތެއްގައި ޕާޓީން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ، ޕާޓީއާއި އިތުރު މެންބަރުން ގުޅިވަޑައިގަތުމަކީ އެ ޕާޓީން އަބަދުވެސް މަރުހަބާ ދަންނަވާކަމެއްކަމަށާއި، ނަމަވެސް އެހެން ޕާޓީތަކުގެ އެތެރޭގެެ އިނތިހާބުތަކުގައި ބައިވެރިވުމަށް އެމްއާރުއެމްގެ ބައެއް މެންބަރުން ޕާޓީން ވަކިވަމުން ދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެމްއާރުއެމްއިން ބުނެފައިވަނީ އެހެން ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބުގައި ބައިވެރިވުމަށް، ވަގުތީ ގޮތުން ޕާޓީން ވަކިވުމަކީ އެ ޕާޓީން ގަބޫލުކުރާ އުސޫލެއްނޫންކަމަށެވެ، އެހެންކަމުން ޕާޓީން އެދިފައިވަނީ މެންބަރުން ވަކިނުވުމަށެވެ

ރާއްޖޭގައި މިވަގުތު ރެޖިސްޓްރީކޮށް ހިންގަމުން ދާ 11 ސިޔާސީ ޕާޓީއެއްގެ ތެރެއިން 3،000 މެމްބަރުން ހަމަ ނުވާ ޕާޓީތަކަށް ދިން މުއްދަތު ހަމަވާތީ އެ ޕާޓީތައް އުވާލާނެކަމަށް އަންގައި އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ ކުރީގައި އެ ޕާޓީތަކަށް ސިޓީވެސް ފޮނުވާފައެވެ. އޭގެ ތެރޭގައި އެމްއާރުއެރުއެމް ހިމެނެއެވެ.

މުއްދަތުގެ ކުރިން އެމްއާރުއެމްއިން ވަނީ މީހުންހަމަކޮށްފައެވެ.

މީގެ ކުރިން އެމްއާރުއެމްއިން ބުނެފައިވާ ގޮތުގައި ޕާޓީއަށް މީހުން ހަމަ ނުވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާ ފޯމްތައް ޕްރޮސެސް ނުކުރާތީއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: