ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިޙް ހައްލު ކޮށްދޭން ވިދާޅުވި މައްސަލަތައްވީ އިތުރު : ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި ހައްލުކޮށްދެއްވުމަށް ވިދާޅުވާ މައްސަލަތައް އިތުރަށް ގޯސްވަމުންދާކަމަށް ފާހަގަކުރައްވާ ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު ފާޑުވިދާޅުވެއްޖެއެވެ.

އިދިކޮޅުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށްފަހު ޕީޕީއެމް މަގުމަތިވާނެކަމަށާއި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކު ނުހުންނާނެކަމަށް ރައްޔިތުންނަށް ވިސްނައިދެއްވައިގެން ރައީސް ސާލިހު މަސައްކަތްކުރައްވަމުންދަނީ، ޕާޓީ ހަލާކުކޮށްލެއްވުމަށްކަމަށެވެ. އޭނާ ވިދާޅުވީ، އެ މަސައްކަތްތައް ހުއްޓާލެއްވުމަށް ރައީސް ސާލިހަށް ގޮވާލައްވާކަމަށެވެ. އަދި އެ މަސައްކަތުގައި އެމަނިކުފާނަށް ކާމިޔާބީ ލިބިވަޑައިނުގަންނަވާނެކަމަށްވެސް ޝުޖާއު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އިދިކޮޅުގެ ލީޑަރޝިޕުން އެ ފުރުސަތު ނުދެއްވާނެކަމަށެވެ.

އޭނާ ވިދާޅުވީ، އެ ޕާޓީގެ މެމްބަރުންނަށް ހިތްވަރާއިއެކު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އިލްތިމާޒްކުރައްވާކަމަށާއި ލީޑަރުންވެސް ތިއްބާނީ އާންމު މެމްބަރުންނާއި އެކުގައިކަމަށެވެ. އޭނާ ވިދާޅުވީ، ލީޑާރޝިޕުން މާލޭގައި ތިބީ ރައީސް ޔާމީންގެ އިރުޝާދުގެ މަތިން މުހިންމު މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާތީކަމަށެވެ. އަދި ލީޑާރޝޕުން ޓީމުތަކާއި ބައްދަލުކުރެއްވުމަށް ކެތްމަދުވެފައިވާކަމަށްވެސް ވިދާޅުވިއެވެ.

ޒުވާނުންނާއި ހިއްސާކުރެއްވުމަށް ވާހަކައެއް އޮތްކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގައި ކުރިއަށް އޮތް އިންތިހާބުގެ ތެރޭގައި ރައީސް ސާލިހު ގިނަ އަދަދެއްގެ ވައުދުތައް ވެވަޑައިގަންނަވާނެކަމަށެވެ. ޝުޖާއު ވިދާޅުވީ، ވެވަޑައިގަންނަވާނެ ފަދަ ވައުދެއް މީގެ ކުރިންވެސް އިވިގޮސްފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި ރައީސް ސާލިހުވަނީ ގިނަ އަދަދެއްގެ ޒުވާނުން ކައިވެނި ކުރުމަށް ބޭނުންވެ އެކަން ނުކުރެވިފައި ތިބިކަން އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެފައިކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ސްޓިކާރ ޖޫރިމަނާ ނުދެއްކުމުގެ ސަބަބުން އެކަން ނުކުރެވި ތިބި ޒުވާނުންކަމަށް އެމަނިކުފާނު ވިދާޅުވިކަމަށްވެސް ޝުޖާއު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީއަށް ލޯކަލް ކައުންސިލު އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ހާލަތެއްގައި ޒުވާނުންނަށް އެކަންކަން ހައްލުކޮށްދެއްވައި ކައިވެންޏަށް މަގުފަހިކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިކަމަށެވެ. އެހެންނަމަވެސް އެއަށްފަހު މައްސަލަ އިތުރަށް ގޯސްވެފައިވާކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ސައިކަލު ސްޓިކާ އަދި ކައިވެނި ނުކުރެވިތިބި ޒުވާނުންވެސް އިތުރުވެފައިވާކަމަށެވެ.

އެހެންކަމުން، ރައީސް ސާލިހު “ވަގު ފައިސާ” ހިއްޕަވައިގެން ރައްޔިތުންގެ ގާތަށް ވޯޓު ހޯއްދެވުމަށް ވަޑައިގަންނަވާނެކަން ހިއްސާކުރައްވާކަމަށް ޝުޖާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޕީޕީއެމްގެ އެންމެހާ ކޮމިޓީތަކާއި މެމްބަރުންނަށް ފައިސާ ހިފައިގެން އައުމުން ކުރަންވީ ކަން ސާފުވާނެކަމަށެވެ. އޭނާ ވިދާޅުވީ، އެހެންކަމުން އެ ފައިސާއިން ކުރާނެ އެއްވެސް ފައިދާއެއް ނެތްކަން ރައީސް ސާލިހަށް ދަންނަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: