ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ މައްސަލަ ބަލާ ފަނޑިޔާރުން ޗުއްޓީ ނަގަނީ ރައީސް ސާލިޙްގެ އެންގުމަށް: ޝުޖާއު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ދިވެހިންގެ ތާޢިދު އޮތް ބޭފުޅެއް ނޫންކަމަށާއި، ދިވެހި ފަނޑިޔާރުންނަށް ކުރިއެރުންތައް ހޯއްދަވައިދެއްވޭނެ ރައީސްއަކީ ރައީސް ޔާމީންކަމަށް ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލަ ބައްލަވަމުންގެންދަވާ ފަނޑިޔާރުން ޗުއްޓީ ނަންގަވަނީ ސީދާ ރައީސް ޞާލިހްގެ އެންގެވުމުގެ މަތިން ރައީސް ޔާމީންގެ ޝާރީޢަތް ލަސްކުރުމަށްކަމަށެވެ. އަދި ފަނޑިޔާރުން ކުޅެމުން ތިދަނީ އިދިކޮޅު ފަރާތްތަކުގެ ޖަޒުބާތު ތަކާއި ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ރައީސް އޮފީސް ރޭގަނޑުގެ ވަގުތުތަކުގައިވެސް ހުޅުވައިގެން ކުރައްވަމުންގެންދަވާ މަސައްކަތަކީ ރައީސް ޔާމީން މިނިވަންވިޔަ ނުދިިނުމަށް ސީދާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކުރައްވަމުންގެންދަވާ މަސައްކަތްތަކެއް ކަމަށް ވެސް އާނާ ވިދާޅުވިއެވެ. ރައީސް ޔާމީން މިނިވަންވެދާނެކަަމަށް ބިރުން ރައީސް ޞާލިހް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުތައްވެސް ކުރުކޮށްލުމަށްފަހު މާލެ ވަޑައިގެން ރެއާއި ދުވާލު ކުރައްވަމުންގެންދަވާ މަަސައްކަތީ ރައީސް ޔާމީން މިނިވަންވިޔަ ނުދިނުމަށް މަސައްކަތް ކުރުންކަމަށް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ބަލިކުރެވެން އޮތް ހުރިހާ މަގެއް އިނގޭކަމަށާއި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވާ ހުރިހާ ހިސާބެއް ޖައްސަވާ ނިމިފައިވާކަމަށް ޝުޖާޢު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގައި ކަންކުރަމުން މިދަނީ ވަރަށް އަނިޔާވެރިކޮށްކަމަށް ޝުޖާޢު ސިފަކުރައްވާފައިވެއެވެ. އަދި ފަނޑިޔާރުން މި މައްސަލައިގައި އަމަލު ކުރަމުން ދާ ގޮތާއި މެދު އޭނާ ވަނީ ފަނޑިޔާރުންނަށް ވަރަށް ބޮޑަަށް ފާޑުވިދާޅުވެފައެވެ. އަދި އެގޮތަށް ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލައިގައި ފަނޑިޔާރުން ކަންކަން ނުކުރުމަށް އޭނާ ވަނީ ފަނޑިޔާރުންނަށް ގޮވާލައްވާފައެވެ.

ރައިސް ޔާމީން އަކީ އެއް ލައްކަ ދިވެހި ރައްޔިތުންގެ ތަޢީދު އޮތް ބޭފުޅާކަމަށާއި، ދިވެހި ރައްޔިތުންގެ އަތުން އެންމެ ފުރަތަމަ ރިޔާސީ ޓިކެޓް އެރުވި ބޭފުޅަކީވެސް ރައީސް ޔާމީން ކަމަށް ޝިޖާޢު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަނޑިޔާރު ގެ މި ހިނގަނީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ފަނޑިޔާރުން އަމަލުކުރަން އޮންނަ އުސޫލުން ނޫންކަމަށް ޝުޖާއު ވިދާޅުވިއެވެ. އެގޮތުން ހުދު އިންޑިޔާގައިވެސް މިގޮތައް ފަނޑިޔާރުންގެ އަމަލުތައް ނުހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޯޓުތަކުގައި ތިބި ފަނޑިޔާރުން ރާއްޖޭގެ ކޯޓުތަކުގައި މިހާރު އޮތް ސިސްޓަމް ސަލާމަތް ކުރަން ޖެހޭކަމަށާއި، ފަނޑިޔާރުން ވަރަށް ފުންކޮށް ވިސްނުމަށް ޝުޖާޢުގެ ވާހަކައިގައި ފަނޑިޔާރުންނަށް ގޮވާލައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: