ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްގެ ޕްރައިމަރީ އޮންނަ ދުވަހުވެސް، ޕާޓީއަށް ވަދެ ވޯޓު ލެވޭނެ!

ޑިމޮކްރެޓްސްގެ ވަގުތީ ޗެއަރޕާސަން ހަސަން ލަތީފް.
ޝެއާރކޮށްލާ ކަހަލަދޯ؟

ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހު ޕާޓީއަށް އަލަށް ވަންނަ މެންބަރުންނަށްވެސް ޕްރައިމަރީގައި ވޯޓު ލެވޭނެކަމަށް އެ ޕާޓީއިން ބުނެފިއެވެ.

ދަ ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އިންތިގާލީ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ޑީމޮކްރެޓްސްއަކީ އަލަށް އުފެއްދި ޕާޓީއެއްކަމަށް ފާހަގަކޮށް، އެހެންކަމުން މި ޕްރައިމަރީ އެހާ ވާދަވެރި ނޫންކަމަށް ވިދާޅުވެފައެވެ. އަދި މިހާރުވެސް ކުރެވެމުންދަނީ މެންބަރޝިޕް އިތުރުކުރުމުގެ މަސައްކަތްކަމަށާއި، އަދި މި މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް ޕާޓީގެ ކައުންސިލުން ލަފާދީފައިވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ޖުލައި 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ އަމާޒަކީ ގިނަ ވޯޓު ހޯދުމަށްކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ. މި އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ 2 އަކުން 6 އަކާއި ހަމައަށެވެ. މި ވަގުތުގެ ތެރޭގައިވެސް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށާއި، އަދި އަލަށް ވަންނަ މެންބަރުންނަށްވެސް ޕްރައިމަރީގައި ވޯޓުލެވޭނެކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ޑިމޮކްރެޓްސްއިން ބާއްވާ މި ޕްރައިމަރީގައި، ވޯޓުލެވޭނެ އިންތިޒާމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަމަޖެއްސުމަށް އެ ޕާޓީއިން ވަނީ ނިންމާފައެވެ. އަދި އޮންލައިންކޮށް ވޯޓުލެވޭނެ އިންތިޒާމްވެސް ހަމަޖައްސާނެކަމަށް ބުނެފައިވާއިރު، ނަމަވެސް އީ ވޯޓިން ނިޒާމުގެ ތެރެއިން އެކަކަށް ދެ ފަހަރަށް ވޯޓު ލުމުގެ ފުރުސަތެއް ނޯންނާނެކަމުގެ ޔަގީންކަން ޑިމޮކްރެޓްސްއިން ދިނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: