ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑެންމާކުގައި ހަތިމެއް އެންދި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ރަަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަދުި އ.ދ. ގެ ޢާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާއި ބައްދަލު ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީނާއި ދެކޮޅަށް ހިންގާ ނަފުރަތުގެ އަމަލުތައް ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތައް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ މުއައްސަސާތަކަށާއި ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ.

ޑެންމާކުގެ “ފާ ރައިޓު ނެޝިނަލިސްޓު” ގުރޫޕަކުން ގުރުއާން ހަތިމެއް އެންދި މައްސަލައިގައި ފޮރިން މިނިސްޓްރީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، އެ މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރެއެވެ. އަދި ރުޅިވެރިކަމާއި ނޭއްގާނީ ކަމުގެ މައްޗަށް ބިނާވެފައިވާ އެފަދަ އަމަލުތައް ތަކުރާރުވަމުންދިއުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ނަމުގައި ބަލައިގަނެވޭނެ ކަންކަން ނޫންކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން، ނަސްލީ ތަފާތުކުރުން ފަދަ އަމަލުތައް މަދުކުރުމާއި ނައްތާލުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވެއެވެ. އަދި އެފަދަ އަމަލުތަކާއި ނަފްރަތުގެ ސަބަބުން އަރައިގަންނަށް ކުށްތަކަށް ޖާގަދިނުމުން ބިރުވެތިކަން އިތުރުވެ ކެތްތެރިކަން ނެތިގޮސް މުޖަތަމައުގެ ތެރޭގައި އޮންނަ އެއްބައިވަންތަކަންވެސް ނެތިގެންދެއެވެ. އެހެންކަމުން އެފަދަ ކަންކަން ނައްތާލުމަށްޓަކައި އެތައް އަހަރުތަކެއްގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްކުގެ ބޭނުން ކެނޑިގެންދާކަމަށް ބުނެފައިވެއެވެ.

ބަޔާނުގައިވާގޮތުން، ބައިނަލްއަގުވާމީ ކޮމިޓީ ގުޅިގެން އެއް އަޑެއްގައި އިސްލާމް ދީނާއި ދެކޮޅަށް ހިންގާ ނަފްރަތުގެ އަމަލުތައް ކުށްވެރިކުރަން ވަގުތު ޖެހިއްޖެއެވެ. އަދި އެންމެން ގުޅިގެން ނަފްރަތާއި ތަފާތުކުރުން ފަދަ ކަންކަމާއި ދެކޮޅަށް ތެދުވެ އެންމެނަށްވެސް ހަމަޖެހިގެން އުޅެވޭނެ ފަދަ މާހައުލެއް ގާއިމުކުރުމަށް މަސައްކަތްކުރަންޖެހޭކަމަށް ބުނެފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން، މި މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ތަކުރާރުވުމުން ހުއްޓުވުމަށް މަސައްކަތްތައް ވަރުގަދަ ކުރުމަށް ދިވެހި ސަރުކާރުން ގޮވާލާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: