ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ޓެސްޓު ކުރުމުގެ މަސައްކަތް އެމްއެމްއޭއިން ފަށައިފި

އެމްއެމްއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްކާތެރި އަދި އަވަސް މާލީ މުއާމަލާތްތަކެއް ހިންގުމަށް ތަރައްޤީކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ޓެސްޓު ކުރުމުގެ މަސައްކަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ފަށައިފިއެވެ.

މިމަހުގެ 10 ވަނަ ދުވަހު އެމްއެމްއޭއިން ވަނީ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ޤާއިމްކުރުމަށް 3 ބޭންކަކާއިއެކު ސޮއިކޮށްފައެވެ.

އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، އައިޕީއެސްގައި ފުރަތަމަ ބައިވެރި 3 ބެންކަކީ ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާއެވެ. އެމްއެމްއޭއިން ބުނެފައިވަނީ މިމަހުގެ 23 ވަނަ ދުވަހު މި 3 ބޭންކާއިއެކު މި ސިސްޓަމް ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި މި ސިސްޓަމް ބޭނުންކުރަން ފަށާނެކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމެއް ޤާއިމު ކުރުމުގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ނުވަތަ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވާ ކޮންމެ ރައްޔިތަކަށްވެސް މި ސިސްޓަމް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވައި، ލިބިގަތުމުގެ މަގު ފަހިކޮށްދިނުންކަމަށް އެމްއެމްއޭއިން ބުނެއެވެ.

މި ސިސްޓަމް ވުޖޫދަށް އައުމާއެކު ރާއްޖޭގެ ޕޭމަންޓް ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށާއި އަދި ތަފާތު ޒަމާނީ އަދި ޑިޖިޓަލް ޕޭމަންޓު ޚިދުމަތްތައް ތައާރަފުކުރުމަށް ފުރުސަތު ހުޅުވިގެންދާނެކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

މި ސިސްޓަމަކީ މާލީ ނިޒާމާއި ބީރައްޓެހި ފަރާތްތަކަށާއި، ބޭންކް އެކައުންޓެއް ނެތް ފަރާތްތަކާއި، އަދި ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް، މި ސިސްޓަމް މެދުވެރިކޮށް ހިނގާ ކޮންމެ މުއާމަލާތެއްގެ ފަސޭހަތައް އެއްހަމައެއްގައި ލިބިދިނުމަށް މަގު ފަހިވާގޮތަށް ފަރުމާކޮށްފައިިވާ ސިސްޓަމެކެވެ.

އެމްއެމްއޭއިން ބުނީ އައިޕީއެސް ތައާރަފްކުރާ ފުރަތަމަ މަރުހަލާގައި އިސްކަން ދެނީ އެތެރޭގެ މާލީ މުއާމަލާތްތަކަށެވެ. ނަމަވެސް، ދެވަނަ ފިޔަވަހީގައި އެހެން ގައުމުތަކުގެ ނެޝަނަލް ޕޭމަންޓު ސިސްޓަމްތަކާއި ގުޅި، ބޭރު ގައުމުތަކާއެކު ވަގުތުން ފައިސާގެ މުއާމަލާތްތައް ހިންގުމުގެ މަގު ފަހިވެގެންދާނެކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 11%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: