ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމަރު ނަސީރު އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ސޮއި ހަމަވެފައިވާކަމަށް އިޢުލާންކޮށްފި

އުމަރު ނަސީރު-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު، އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ސޮއި ހަމަވެފައިވާކަމަށް އިޢުލާންކޮށްފިއެވެ.

އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާ ނަމަ 1500 މީހުންގެ ސޮއި ބޭނުންވާނެ އެވެ.

ކުރީގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އުމަރު ނަސީރު އުމަރު ވިދާޅުވީ އިންތިޚާބުގައި ވާދަކުރަން 2،000 ސޮއި މިހާރު ހަމަކުރެވިފައިވާ ކަމަށާއި މި އަދަދަށް ސޮއި ހަމަކުރީ ފަސް ދުވަހުގެ މަސައްކަތުން ކަމަށެވެ. އަދި އޭނާގެ ކެމްޕެއިން މިހާރު ހަރަކާތަކަށް ބަދަލުވެފައިވާ ކަމަށާއި ވަރަށް ގިނަ އަދަދެއްގެ އާންމުން މިކަމުގައި ބައިވެރިވަމުންދާ ކަމަށް އުމަރު ވިދާޅުވި އެވެ.

“މި ހުދު ވަލުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހިފައިފި މިހާރު. ހިފައިގެން ހަމަ ކޮންމެ ބަޔަކު ވެސް އެ ބަޔަކަށް ކުރެވޭ މަސައްކަތެއް ކުރަމުން ގެންދަނީ. މި ކެމްޕެއިނަކީ ރައީސުލްޖުމްހޫރިއްޔާ އަށް ހުންނެވި ބޭފުޅަކު ބަދަލުކުރުމަށް ހިންގާ ކެމްޕެއިނެއް ނޫން. މިއީ މި ގައުމުގެ މިސްރާބު ބަދަލުކުރަން ހިންގާ ކެމްޕެއިނެއް،” އުމަރު ވިދާޅުވި އެވެ.

އިންތިޚާބުގައި ވާދަކުރުމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އަދި އެއްވެސް ބޭފުޅަކު އިންތިޚާބުގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާފައެއް ނުވެ އެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވާނީ އަންނަ މަހުގެ 7 ވަނަ ދުވަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: