ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ކަރނިވަލަށް ޒިޔާރަތް ނުކުރުމަށް އަރބަންކޯއިން އެދެފި

އަރބަންކޯއިން އިންތިޒާމްކޮށްގެން ބާއްވާ ކަރނިވަލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ބާރުމިނުގައި ފެތުރެމުންދާ ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ކަރނިވަލަށް ޒިޔާރަތް ނުކުރުމަށް އަރބަންކޯއިން އެދެފިއެވެ.

ބޭރަށް ހިންގާ، ހޮޑުލުމާއި މިކަންކަން ކުރިމަތިވާ ބައްޔެއް ފެތުރެން ފެށީ މިނިވަން ދުވަހަށް ފަހުއެވެ. އާންމު ގޮތެއްގައި ކުޑަކުދިންނަށް ޖެހޭ މި ބައްޔާ ގުޅިގެން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މައުލޫމާތު ދިން ގޮތުގައި މި ބަލި ފެތުރޭތާ ހަފްތާއެއްހާ ދުވަސް ވަނީ ވެފައެވެ. ނަމަވެސް ރޭ ދަންވަރު މި ބައްޔަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް އައި މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާކަމަށް ބުންޏެވެ. އެގޮތުން ހާހަކަށްވުރެ ގިނަ މީހުން ހޮސްޕިޓަލަށް ގޮސްފައިވާކަން ވަނީ ހާމަވެފައެވެ.

މިނިވަން ދުވަހުގެ މުނާސަބާގައި ހުޅުމާލެ ސެންޓްރަލް ޕާކްގައި ރޭ ހުޅުވުމަށް ނިންމާފައިވާ ކާނިވަ މިރެޔަށް ފަސްކުރީ މި ބަލި އާދަޔާ ހިލާފު ބާރުމިނެއްގައި ފެތުރެމުންދާތީ، އެއްވެ އުޅުން މަދުކުރުމުގެ ގޮތުންނެވެ. ބަލި ހުއްޓުމަކަށް ނާންނަނީސް އަނެއްކާވެސް ކަރނިވާ ބޭއްވުމަށް ނިންމާފައިވާތީ ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކުރަމުންދަނިކޮށް، މި ކާރނިވާ އިންތިޒާމުކުރާ އަރބަންކޯއިން ވަނީ ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ޒިޔާރަތް ނުކުރުމަށް އެދިފައެވެ. އަދި ކާނިވަލުގައި އުޅުއްވާއިރު ވީހާވެސް ގައިދުރުކަން ބެހެއްޓުމަށާއި، ގިނަގިނައިން އަތް ދޮވުމަށްވެސް އަރބަންކޯއިން އިލްތިމާޒްކޮށްފައިވެއެވެ.

މިރޭ ކާނިވާ ހުޅުވިގެން ދާއިރު، 6 ދުވަހުގެ މުއްދަތަކަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައިވާކަމަށް އަރބަންކޯއިން މައުލޫމާތުދެއްވައެވެ. މިރޭ ކަރނިވަލުގައި ހަވާ އެރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: