ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެތުރެމުންދާ ރޯގާއާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ރައްޔިތުންގެ ބައްދަލުވުން ފަސްކޮށްފި

މާލެސިޓީ ކައުންސިލުން މިއަހަރު ބޭއްވި ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ކައުންސިލް.
ޝެއާރކޮށްލާ ކަހަލަދޯ؟

 

ރާއްޖޭގައި މިދުވަސްވަރު ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވާން ފަށާފައިވާތީ، 31 ޖުލައިގައި މާލެސިޓީ ކައުންސިލުން ބާއްވަން ނިންމި މިއަހަރުގެ 2 ވަނަ ބައްދަލުވުން ފަސްކުރުމަށް ނިންމައިފައިވާކަން ކައުންސިލުން ހާމަކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނީ ޤާނޫނީ ޢިޖްރާޢަތްތައް ފުރިހަމަ ކުރުމުގެ ގޮތުން ރައްޔިތުންގެ ބައްދަލުވުން ބޭއްވުމަށް މާލެސިޓީ ކައުންސިލުން ނިންމި ނަމަވެސް، މި ބައްދަލުވުން ފަސްކުރެވިފައިވާ ކަމަށެވެ.

ޤާނޫނު ނަންބަރު 7/2010 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ) ޤާނޫނުގެ 107 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން ޖުލައި މަހުގެ ބައްދަލުވުން ބާއްވަން ކަނޑައަޅާފައިވާ ދުވަސް ފަސްކުރުމާއި ގުޅޭގޮތުން ކައުންސިލުން ކުރި ޢިއުލާން ވަނީ ގެޒެޓް ކޮށްފައެވެ.

މި ބައްދަލުވުން ފަސްކޮށްފައިވަނީ، ކައުންސިލްގެ އިޢުލާނުގައި ބުނީ ރާއްޖޭގައި މިދުވަސްވަރު ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވާން ފަށާފައިވާތީ،  އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފައިވާތީ، ގިނަ އަދަދެއްގެ މީހުން އެއްތަނަކަށް އެއްވެ އުޅުމަކީ އެދެވިގެންވާ ކަމަކަށް ނުވާތީކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނި ގޮތުގައި އެ ކައުންސިލްގެ މަޤްޞަދަކީ ރައްޔިތުންނާއި ކައުންސިލާއި އޮންނަ ގުޅުން ބަދަހި ކުރުމާއި އެކު، މުޅި މާލެ ސިޓީ ތަމްސީލްވާނެހެން މާލޭގެ ކޮންމެ އަވަށަކަށް ނިސްބަތްވާ ރައްޔިތުންނާއި އެކު މި ބައްދަލުވުން ކުރިއަށް ގެންދިއުމެވެ. އަދި މިފަހަރުގެ ރައްޔިތުންގެ ބައްދަލުވުންވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މީގެ ކުރީގެ ބައްދަލުވުންތަކެކޭ އެއްގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެންކަމަށްވެސް ކައުންސިލުން ބުންޏެވެ. އަދި މި ބައްދަލުވުން ކުރިއަށްގެންދަނީ ރައްޔިތުން ބޭނުންވާ ކަންކަން މާލެ ސިޓީގެ މެޔަރ ޑރ. މުހައްމަދު މުޢިއްޒު އަދި ކައުންސިލަރުންނާއި ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވާލައިގެންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: