ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޤާބް އަޅާ އަންހެނުން އެކަހެރިކުރުމަކީ ހަމަހަމައެއްނެތް ބޯދާ ވިސްނުމެއް: ނާޒިމް

އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ނާޒިމް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނިޤާބް އަޅާ އަންހެނުންނަށް ވަޒީފާއަށް ނުދެވި އެކަހެރި ކުރުމަކީ ހަމަހަމައެއްނެތް ހަމައެކަނި އަންހެނުންނަށް ޓާގެޓު ކުރާ ބޯދާ ވިސްނުމެއް އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ކާނަލް ރީޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިޒަމާނުގައި އަންހެނުންގެ އައިޑެންޓިފިކޭޝަނަކީ މައްސަލައަކަށް ވާނަމަ އެކަން ހައްލު ކުރެވޭނެ ގޮތްތަށް ހުންނާނެ ކަމަށެވެ. އަދި ކްލާސްރޫމުގައި ކިޔަވައި ދެވޭނެ ގޮތްތައް ވެސް ހަމަ ޖެއްސޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނާޒިމް މިސާލު ނަންގާވާ ވިދާޅުވީ ހަމައެކަނި އަންހެން ކުދިންގެ ކުލާސްތަކަށް ވެސް ކިޔަވައި ދެވޭނެކަމެވެ.

ގާނޫނާއި ހިލާފު ކަމެއްކުރާނަމަ ހުއްޓުވާނެ ކަމާއި ނަމަވެސް ހަމައެކަނި ހެދުން އަޅާގޮތް އެކަހެރި ކުރެވިގެން ނުވާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މޫނުބުރުގާ އަޅާ މީހުންނަށް ތައުލީމު ހާސިލް ކުރުމަށް ހުރަސް އެޅޭގޮތަށް އަދި ވަޒީފާ އަދާކުރަން ބޭނުންވާ މީހުންނަށް ވަޒީފާ އަދާ ނުކުރެވޭ ގޮތަށް ގަވައިދުތައް ނުހެދޭނެ ކަމަށެވެ.

ހަރުކަށި ފިކުރުގެ ވިސްނުމުގައި އަންހެނުން ތައުލީމު ހާސިލް ކުރުމާއި އަދި ހުރަސް އެޅުމަކީ އޭނާ ގަބޫލުފުޅު ނުކުރައްވާ ކަމެއް ގޮތުގައި ވެސް އޭނާ ވިދާޅުވިއެވެ. އަންހެނުންނަށް ޓާގެޓް ކޮށްގެން ސިޔާސަތުތައް އެކުލަވާނުލާން އެނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަންހެނުންނެކޭ އެއްފަދައިން ޒުވާނުންނަށް ވެސް ވަރަށް ހާއްސަ އަހަންމިޔަތުކަމެއް ދޭ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: