ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ތާރީހުގައި ރައްޔިތުން އެންމެ ބޮޑަށް އަޅުވެތި ކުރީ މިސަރުކާރުން: ނާޒިމް

އެމްއެންޕީގެ ލީޑަރު ނާޒިމް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ތާރީހުގައި ރައްޔިތުން އެންމެ ބޮޑަށް އަޅުވެތި ކުރީ މިސަރުކާރުންކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީއިން ބޭއްވި ޖަގަހަ ޖަލްސާގައި ނާޒިމް ވަނީ އޭނާގެ ސިޔާސަތުތަކާއި ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ނާޒިމްގެ މައިގަނޑު އެއް ސިޔާސަތަކީ ފަގީރުންނާއި ނިކަމެތިންގެ ފަރަގު ކުޑަކުރުން ކަމަށާއި އަދި ދިވެހިރާއްޖޭގެ މުއްސަނދިކަމުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ހޯދައިދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

3 ވަޒީފާ އަދާކުރާއިރު އަސާސީ ހިދުމަތްތަކަށް ހަރަދުކޮށްފައި ދަރިއެއްގެ އުފަލަށް ހަރަދުކޮށްލާނެ ފައިސާ ނުހުންނަކަމަށް ނާޒިމް ވިދާޅުވިއެެވެ. މިކަންކަމަކީ މެދު ފަންތީގެ އާއިލާތަކުގެ ހާލަތު ކަމަށަ އޭނާ ފާހަގަކުރެއްވިއެވެ. މުއްސަނދިން އިިތުރަށް ވަނީ މުއްސަނދި ކަމަށާއި ފަގީރުން ވަނީ ދަރަނިވެރި ކަމަށެވެ.

ރައްޔިތުންގެ ކަރުގައި ދަރަނީގެ ދަންތުރައެއް އަޅުވައިފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހާލުގައި ރައްޔިތުން ޖައްސާފައި ދެނީ 8000 ރުފިޔާގެ މުސާރައެއްކަމަށެވެ. އަދި ވިދާޅުވީ ވަޒީފާތަކަށް ސިޔާސީ މުވައްޒަފުން ދަނީ އިތުރު ކުރަމުން ކަމަށެވެ. ދައުލަތުގެ ކުންފުނިތަކުގެ ފައިދާގެ ބޮޑުބައެއްވެސް ނަގަނީ ސިޔާސީ ބޭނުންތަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިންޑަސްޓްރީ ތަށް ފުނޑާލައި މަސްދޯނިފަހަރު ވަނީ އެހެލާފައިކަމަށް އޭނާ ވިދާޅުވިއެވެ. މަސްކަނޑުން އެތައް ހާސް ޏޯޓިކަލް މޭލެއް ވިއްކާލައިފައި  މަސްވެރިންގެ ލޭނާރުތަށް ބުރިކޮށްލި ކަމަށްވެސް ވިދާޅުވިއެވެ.

ދުވަހުން ދުވަހަށް ގެއަށް ބޭނުންވާ އެއްޗެއްސަށް ހަރަދުވާ ފައިސާ ފިޔަވައި ދިރިއުޅުމުގެ އެހެން ހުރިހާ ކަމެއް ފުރިހަމަ ކުރަނީ ލޯނަށް ފައިސާ ނަގައިގެން ކަމަށް ނާޒިމް ވިދާޅުވިއެވެ. ރާއްޖޭގައި މިއަދުހުރި އިންޓްރެސްޓް ރޭޓް ތަކަށް ބަލާއިރު ރައްޔިތުންވަނީ ނިކަމެތި ވެފައިކަމަށް އޭނާ ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ރައްޔިތުން ނިކަމެތިވެ ގޮހޮރު ދަމައިގަންނަ ހިސާބުގައި ބޭންކުތަކަށް ދޭންޖެހޭ ފައިސާ ހުރިކަމަށެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކަށް ވެސް މިއަދު ފޯނާ އިންޓަނެޓް ބޭނުން ވާނެކަން އެއީ ގަބޫލުކުރަން ޖެހޭ ކަމެއް ކަމުގައެވެ. އޭނާ ވިދާޅުވީ އިންޓަވަލާއި އަދި ގޭގައި ހިފާ ގެންގުޅޭ ތަކެތިވެސް ގެންގުޅެނީ ދަރައްޏަށް ނަގައިގެން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: