ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭޔަރުގެ އަންހެނުންގެ ފޯނަށް މެސެޖުކޮށް މަރުގެ އިންޒާރު ދީފި

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުއަށް މަރުގެ އިންޒާރުތައް ދީގެން އިދިކޮޅު ކޯލިޝަން ރޫޅާލެވޭނެކަމަށް ހީކުރުމަކީ ކުށްހީއެއްކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

މޭޔަރު މުއިއްޒުއަށް އިންޒާރުތަކެއް ލިބިފައިވާކަމަށް ފާހަގަކޮށް އިދިކޮޅުން ނެރިފައިވާ ބަޔާނެއްގައި އެ ޕާޓީއިންވަނީ އެ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި ފުލުހުންގެ މުއައްސަސާއަށް މައްސަލަ ބެލުމަށް ގޮވާލާކަމަށް ބުނެފައެވެ. އިދިކޮޅުން ބުނެފައިވާޣޮތުން، މޭޔަރަށް އިންޒާރުތަކެއް ދީފައިވަނީ އޭނާގެ އަނބިކަނބަލުންގެ ފޯނަށް ކާކުކަން ނޭނގޭ ރާއްޖެއިން ބޭރުގެ ގައުމެއްގެ ނަންބަރަކުން މެސެޖުކޮށްގެންނެވެ. ބަޔާނުގައިވާގޮތުން، ޑރ މުއިއްޒުއަށް ހަމަލާދޭނެކަމަށް ބުނެ މަރުގެ އިންޒާރުތައްވެސް ދީފައިވެއެވެ.

އެ ޕާޓީއިން ބުނެފައިވާގޮތުން މުއިއްޒުއަށް އިންޒާރު ދިނުމަކީ ނާތަހުޒީބު ދަށުދަރަޖައިގެ އަމަލެކެވެ. އަދި އެ އަމަލު ހިންގުމުގެ މަގުސަދަކީ ޕާޓީގެ ލީޑަރޝިޕުގެ ތެރޭގައި ބައިބައިވުންތައް އުފެއްދުމަށްކަމަށާއި އެހެންނަމަވެސް އެކަން ކުރެވިދާނެކަމަށް ހީކުރާ ފަރާތްތަކަށް ކުރެވެމުންދަނީ ކުށްހީއެއްކަމަށްވެސް ބުނެފައިވެއެވެ. އިދިކޮޅުން ބުނެފައިވާގޮތުން އެ ޕާޓީގެ ލީޑަރޝިޕާއި ސެނެޓުގެ ބޭފުޅުންވެސް މަސައްކަތްކުރައްވަމުންދަނީ އެފަދަ އިންޒާރުތަކަށް ބެލުމެއް ނެތިއެވެ. އިދިކޮޅުން ބުނެފައިވާގޮތުން، ރައީސް ޔާމީންއަށް ކުރަމުންދާ އަނިޔާތަކުން އެމަނިކުފާނު ސަލާމަތްކުރުމަށާއި ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް އެ ޕާޓީ އޮތީ އެކަތިގަނޑެއްގެ ގޮތުގައެވެ.

އެހެންކަމުން ބިރުދެއްކުން ފަދަ އަމަލުތައް ހުއްޓާލުމަށް ގޮވާލާކަމަށް ބުނެފައިވާއިރު، މުއިއްޒުގެ އަނބިކަނބަލުންނަށް މެސެޖުކުރި ފަރާތެއް ހޯދައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ފުުލުހުންގެ ހިދުމަތަށް ގޮވާލާކަން އިދިކޮޅުންވަނީ ތަކުރާރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: