ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ ރިޔާސީ ޓިކެޓު ދޭނެ ފަރާތް މިއަދު ކަނޑަައަޅަނީ

ޕީޕީއެމް/ޕީއެންސީ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ "ޗަ ގޯސް" ޖަލްސާގައި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމަށް ހުޅުވާލައިފިއެވެ.

2023 ސެޕްޓެމްބަރ 9 ދުވަހުު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާތީ، ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ މެންބަރުނަނަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެހެންކަމުން ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން، މިއަދު މެންދުރު 2 ގެ ކުރިން ޕާޓީގެ ރައީސްއަށް އެޑްރެސްކޮށް ޝައުގުވެރިކަން ފާޅުކުރުމަށް ޕީއެންސީއިން ވަނީ އެދިފައެވެ. އަދި ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޕާޓީގެ ޓިކެޓުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ފަރާތެއް ފަރާތެއް މިއަދު 4 ގެ ކުރިން ޕާޓީގެ މަޖިލީހުން ކަނޑައަޅާނެކަމަށް އެ ޕާޓީއިން ބުނިއެވެ.

ޕީއެންސީއިން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވަނީ، އިދިކޮޅުގެ ރިޔާސީ ޓިކެޓު ރަސްމީކޮށް އަރުވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާތީ، އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވިދާނެކަމާއިމެދު ސުވާލު އުފެދިފައިވާތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: