ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2022 ވަނަ އަހަރަށްވުރެ މި އަހަރު ޖުމުލަ ހަރަދުތައް އެއް ބިލިއަނުން އިތުރު: އެމްއެމްއޭ

ރައީސް ސާލިހު އަދި އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމް: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރުގެ އެޕްރިލް މަހާއި އަޅާ ކިޔާއިރު، 2023 ވަނަ އަހަރުގެ ތެރޭގައި ދައުލަތުގެ ހަރަދުތައް 1 ބިލިއަން ރުފިޔާ އިތުރުވެފައިވާކަމަށް މޯލްޑިވްސް މޮނެޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާގޮތުން، މިދިޔަ އަހަރުގެ އެޕްރިލް މަހު އާމްދަނީ ގޮތުގައި ލިބިގެންދިޔަ އަދަދަށްވުރެ މި އަހަރުގެ ތެރޭގައި 12 އިންސައްތައް އިތުރު އަދަދެއް އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ. އެގޮތުން ޖުމުލަ އާމްދަނީ މި ދިޔަ އަހަރުގެ އެޕްރިލް މަހާއި އަޅާކިޔާއިރު 266.9 މިލިއަނުން އިތުރުވެފައިވާކަމަށް ބުނެފައިވެއެވެ.

އެމްއެމްއޭއިން ބުނެފައިވާގޮތުން އާމްދަނީ އިތުރުވެގެން އައި މައިގަނޑު ސަބަބަކީ ޓެކްސް ފައިސާގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވުމެވެ. އެގޮތުން ޓެކްސް ފައިސާގެ ގޮތުގައި ލިބޭ އާމްދަނީއަށް މި އަހަރުގެ ތެރޭގައި 251.8 މިލިއަންގެ އިތުރުވުމެއް އައިސްފައިވާއިރު، ޓެކްސް ނޫން ގޮތް ގޮތުން ލިބޭ އާމްދަނީއަށްވެސް 15.3 މިލިއަންގެ އިތުރުވުމެއް އައިސްފައިވާކަމަށް ބުނެފައިވެއެވެ.

އެމްއެމްއޭއިންވަނީ ދައުލަތުގެ ހަރަދުތަކާއި ގުޅޭގޮތުންވެސް މައުލޫމާތު ޝާއިއުކޮށްފައެވެ. އެގޮތުން ޖުމުލަ ހަރަދުތައް މިދިޔަ އަހަރުގެ އެޕްރިލް މަހާއި އަޅާ ބަލާއިރު އެއް ބިލިއަނުން އިތުރުވެފައިވާކަމަށް ބުނެފައިވެއެވެ. އެ މުއައްސަސާއިން ބުނެފައިވާގޮތުން، ޖުމުލަ ހަރަދަށް އެއް ބިލިއަން އިތުރުވެފައިވަނީ މުސާރަ ދިނުން ފަދަ ރިކަރެންޓު ހަރަދުތަކާއި މުދާ ގަތުން ފަދަ ކެޕިޓަލް ހަރަދުތައް 38 އިންސައްތައިން އިތުރުވެފައިވުމުންނެވެ. އެގޮތުން ރިކަރެންޓު ހަރަދުތައް 630 މިލިއަނުން އިތުރުވެފައިވާއިރު ކެޕިޓަލް ހަރަދުތައް 403.2 މިލިއަނުން އިތުރުވެފައިވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: