ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީން އެދުނީ ވާދަ ނުކުރެވޭ ނަމަ ޕީޕީއެމްއަށް އެހެން ކެންޑިޑޭޓަކު ނެރެން ފުރުސަތު ދޭން

ސުޕްރީމް ކޯޓު އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލު ހަމްޒާ
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހެޅި ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުގައި ނާކާމިޔާބުވެއްޖެ ނަމަ، އިދިކޮޅު ޕީޕީއެމުން ކެނޑިޑޭޓަކު ނެރެވޭނެ ގޮތް ހަދައިދޭން އެމަނިކުފާނުގެ ގާނޫނީ ވަކީލުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

ސެޕްޓެމްބަރު 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ ފޯމުތަކުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 07 ވަނަ ދުވަހެވެ. ޖަލު ހުކުމެއްގައި ހުންނެވި ރައީސް ޔާމީން އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާކަމަށް އީސީން ނިންމި ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލައިގައި މިއަދު ކުރިޔަށް ގެންދަނީ ފުރަތަމަ އަޑުއެހުމެވެ.

މައިގަނޑު ދެކަމެއް ހުށަހަޅައި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ހަމްޒާ ލަތީފް އެދުނީ ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމި ނިންމުން ބާތިލުކޮށް އެ ކެންޑީޑެސީއަކީ ސައްހަ ނިންމުމެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ. ދެވަނަކަމަކީ ރައީސް ޔާމީނަށް އިންތިހާބުގައި ކުރިމަތި ނުލެވޭނަމަ ނުވަތަ އެފަދަ ހާލަތެއްގައި ކެނޑިޑޭޓޭއްގެ ފޯމު ކޮމިޝަނަށް ހުށަހެޅޭނެ ގޮތް ހަމަޖައްސައިދިނުމެވެ.

ރައީސް ޔާމީނުގެ މައްޗަށް އާރަށުގެ މައްސަލައިގައި ނިހާއީ ހުކުމެއް އައިސްފައި ނެތުމުން އެމަނިކުފާނުގެ ގާނޫނީ ޓީމުން ވިދާޅުވީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށެވެ. އެއީ ދަށު ކޯޓުގެ ނިންމުން، މަތީ ކޯޓޫގެ ޝަރީއަތުގެ ހުރިހާ މަރުހަލާއަކުން ބަލައި ނިންމުމެވެ.

ރައީސް ޔާމީނަށް ވާދަ ނުކުރެވޭ ހާލަތެއްގައި ޕީޕީއެމުން ކެނޑިޑޭޓެއް ނެރުމުގެ ފުރުސަތު ދޭން ޕީޕީއެމުން އެދުނު އިރު، އިއްޔެ ޕީއެންސީން ވެސް ވަނީ ކުރީގެ ހައުސިން މިނިސްޓަރ އަދި މާލޭގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒަށް އެ ޕާޓީގެ ޓިކެޓު ދޭން ނިންމާފަ އެވެ. އެއީ ސެނެޓު މެމްބަރުންގެ މެދުގައި ނެގުނު ވޯޓަށް ފަހު ނިންމި ނިންމުމެކެވެ.

އިންތިހާބަށް ބާކީ މަސް ދުވަސް އޮތް އިރު، އިދިކޮޅުން ކެންޑިޑެންސީ އާއި މެދު އަމަލު ކުރާނެ ގޮތަކާއި މެދު އަދިވެސް ބޮޑެތި ސުވާލުތައް އެބަހުއްޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: