ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމިންގެ ކެންޑިޑެސީ މައްސަލައިގެ ހުކުމް ކުރުން މާދަމާ ހެނދުނު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހެޅި ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް ނިންމި ނިންމުމުގެ މައްސަލައިގެ ސުޕްރީމް ކޯޓުގެ ހުކުމް ކުރުން މާދަމާގެ ހެނދުނަށް ތާވަލުކޮށްފި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ މި މައްސަލަ މާދަމާގެ ހެނދުނު 09:30 އަށް ތާވަލުކޮށް އެކަން އަންގާފައިވާ ކަމަށެވެ.

ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް އީސީން ނިންމާފައި ވަނީ ގާނޫނު އަސާސީގެ 110 ވަނަ މާއްދާއާއި، ރިޔާސީ އިންތިހާބުގެ ގާނޫނުގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. ކެންޑިޑެސީ ބަލައިގަނެވެން ނެތްކަމަށް ނިންމައި އެކަން އެންގި ލިއުމުގައި ކޮމިޝަނުން ބުނެފައި ވަނީ ރައީސް ޔާމީނަކީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށްވާއިރު ގާނޫނު އަސާސީ ބުނާގޮތުގައި ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހުގެ ހުކުމެއް އައިސްފައިވާ މީހަކަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ އެވެ. އަދި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ނެތްކަން އެމަނިކުފާނުގެ ކުށުގެ ރެކޯޑުން ވެސް އެނގޭކަމަށް އީސީން ބުންޏެވެ.

އެ ނިންމި ނިންމުން އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މައްސަލައިގައި ހުކުރު ދުވަހުގެ 04:00 އިން ފެށިގެން ރޭގަނޑުގެ 12:00 ޖެހުމާއި ހަމައަށް އަޑުއެހުން ކުރިޔަށް ގެންދިޔަ އެވެ.

މައިގަނޑު ދެކަމެއް ހުށަހަޅައި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ހަމްޒާ ލަތީފް އެދުނީ ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމި ނިންމުން ބާތިލުކޮށް އެ ކެންޑީޑެސީއަކީ ސައްހަ ނިންމުމެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ. ދެވަނަކަމަކީ ރައީސް ޔާމީނަށް އިންތިހާބުގައި ކުރިމަތި ނުލެވޭނަމަ ނުވަތަ އެފަދަ ހާލަތެއްގައި ކެނޑިޑޭޓޭއްގެ ފޯމު ކޮމިޝަނަށް ހުށަހެޅޭނެ ގޮތް ހަމަޖައްސައިދިނުމެވެ.

ރައީސް ޔާމީނުގެ މައްޗަށް އާރަށުގެ މައްސަލައިގައި ނިހާއީ ހުކުމެއް އައިސްފައި ނެތުމުން އެމަނިކުފާނުގެ ގާނޫނީ ޓީމުން ވިދާޅުވީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށެވެ. އެއީ ދަށު ކޯޓުގެ ނިންމުން، މަތީ ކޯޓުގެ ޝަރީއަތުގެ ހުރިހާ މަރުހަލާއަކުން ބަލައި ނިންމުމެވެ.

ހަމްޒާ ވިދާޅުވީ 109 ވަނަ މާއްދާގައި ބުނަނީ ދަށު ކޯޓުންކޮށްފައިވާ ހުކުމެއްކަމުގައި މާނަކޮށްފި ނަމަ މަތީ ކޯޓަކުން އެ ހުކުމެއް ބާތިކު ކުރާ ހާލަތުގައި ވެސް އެ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އޭގެ ސަބަބެއްކަމަށް ހަމްޒާ ވިދާޅުވެފައި ވަނީ، އެ ހާލަތުގައި އަމަލު ކުރާނެ ގޮތް އެ މާއްދާގައި ނުލިޔެ، އެހެން ދެ ހާލަތެއް ހަމައެކަނި އޮތުމުން އެ މާއްދާގައިވާ ޝަރުތު ހަމަވާ މީހެއްކަމުގައި ނުބެލެވޭތީ އެވެ.

މި މައްސަލައިގައި ތަދައްހުލުކޮށްފައިވާ ބަންޑާރަ ނައިބުގެ އޮފީހުން އެދުނީ އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ދަމަހައްޓައިދިނުމަށެވެ. ންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ފާތިމަތު ހަލީމް ވިދާޅުވީ، ގާނޫނުއަސާސީ އާއި ގާނޫނު އޮތް ގޮތުން ދަށު ކޯޓަކުން ކުރާ ހުކުމެއް ދެމި އޮތަސް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލޭނެ ކަމަށެވެ.

ވަކީލު ވިދާޅުވީ ހުކުމެއް އިސްތިއުނާފުކޮށްފައި އޮތުން އެއީ އެ ހުކުމުގެ ބާރު ކެނޑިގެން ދާ ސަބަބެއް ނޫން ކަމަށެވެ. އަދި އެގޮތަށް ސުޕްރީމް ކޯޓުގެ ނިންމުމެއްގައި ވާކަން ވެސް އޭނާ ފާހަގަކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: