ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީން ބުނީ ރައީސް ޔާމީން ދައްކަން ޖެހޭ ސާބިތު ދަރަންޏެއް ވެސް އެބައޮތްކަމަށް

ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންވުމުން އެމަނިކުފާނަށް މަރުހަބާ ކިއުމަށް ކާނިވާގައި ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅުމުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ބަލައިނުގަތް ސަބަބުތަކުގެ ތެރޭގައި އެމަނިކުފާނުގެ ސާބިތު ދަރަންޏެއް އޮތް މައްސަލަ ވެސް ހިމެނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް އީސީން ނިންމާފައި ވަނީ ގާނޫނު އަސާސީގެ 110 ވަނަ މާއްދާއާއި، ރިޔާސީ އިންތިހާބުގެ ގާނޫނުގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

ރައީސް ޔާމީންގެ ފޯމު ބަލައިގަނެވެން ނެތްކަމަށް ނިންމައި އެކަން އެންގި ލިއުމުގައި ކޮމިޝަނުން ބުނެފައި ވަނީ ރައީސް ޔާމީނަކީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށްވާއިރު ގާނޫނު އަސާސީ ބުނާގޮތުގައި ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހުގެ ހުކުމެއް އައިސްފައިވާ މީހަކަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ އެވެ. އަދި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ނެތްކަން އެމަނިކުފާނުގެ ކުށުގެ ރެކޯޑުން ވެސް އެނގޭކަމަށް އީސީން ބުންޏެވެ.

ރައީސް ޔާމީންގެ ސާބިތު ދަރަންޏެއް އެބައޮތްކަމަށް އީސީން މިއަދު ކޯޓުގައި ބުނިއިރު މީގެ ކުރިން އެކަން ހާމަކޮށްފައި ނެތެވެ. އެކަމަކު މައްސަލައިގައި މިހާރު ކުރިޔަށް ދާ އަޑުއެހުމުގައި ރައީސް ޔަމީންގެ ވަކީލު ހަމްޒާ ލަތީފްގެ ނުކުތާތަކަށް ރައްދު ދެއްވައި އީސީގެ ވަކީލު މަހުފޫޒް ސައީދު ވިދާޅުވީ ފޯމު ބަލައިނުގަތުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި ހުކުމާއި އެކު ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކާފައި ނުވުން ހިމެނޭ ކަމަށެވެ.

މަހުފޫޒް ވިދާޅުވީ ސާބިތު ދަރަންޏެއް އޮތް މީހަކަށް އިންތިހާބުގައި ވާދަ ނުކުރެވޭނެކަމަށާއި، އެހާހިސާބުން އެ މީހެއްގެ ޝަރުތުތައް އުނިވީ ކަމަށެވެ. އީސީން ފާހަގަކުރި އެ ދަރަންޏަކީ އާރަށުގެ 11 އަހަރުގެ ހުކުމާއި އެކު ދައުލަތަށް 5 މިލިއަން ޑޮލަރު ދެއްކުމަށް ކުރި ހުކުމެވެ. އަދި އެ ފައިސާ ދައްކަން ހުކުމުގައި ދަށު ކޯޓުން ދިން މުއްދަތު ހަމަވެފައިވާކަމަށް ވެސް މަހުފޫޒް ވިދާޅުވި އެވެ.

ދައުލަތަށް ދައްކަން ޖެހޭ ޖުރިމަނާގެ ސަބަބުން ސާބިތު ދަރަންޏެއް ރައީސް ޔާމީންގެ އެބައޮތްކަމަށް އީސީން ނެގި ނުކުތާއަށް ރައްދު ރައީސް ޔާމީން ވިދާޅުވީ ދަރަނި ދެއްކުމުގެ މުއްދަތު ހަމަނުވާ ކަމަށެވެ. އުސޫލަކީ މުއްދަތު ކައިރިވާނަމަ ނުވަތަ ހަމަވުމުން މޯލްޑިވްސް އިންނޭލްޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެކަން އެ މީހަކަށް އެންގުންކަމަށާއި، އެމަނިކުފާނަށް އެފަދަ ރަސްމީ އެއްވެސް ލިއުމެއް ލިބިފައި ނުވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މިހާރު ކުރިޔަށް ދާ ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން މައިގަނޑު ދެކަމެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި ގާނޫނުއަސާސީގެ 109 ވަނަ މާއްދާ މާނަކުރުން ހިމެނެ އެވެ. އެގޮތުން ހަމްޒާ ވިދާޅުވީ 109 ވަނަ މާއްދާގައި ބުނަނީ ދަށު ކޯޓުންކޮށްފައިވާ ހުކުމެއްކަމުގައި މާނަކޮށްފި ނަމަ މަތީ ކޯޓަކުން އެ ހުކުމެއް ބާތިކު ކުރާ ހާލަތުގައި ވެސް އެ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އޭގެ ސަބަބެއްކަމަށް ހަމްޒާ ވިދާޅުވެފައި ވަނީ، އެ ހާލަތުގައި އަމަލު ކުރާނެ ގޮތް އެ މާއްދާގައި ނުލިޔެ، އެހެން ދެ ހާލަތެއް ހަމައެކަނި އޮތުމުން އެ މާއްދާގައިވާ ޝަރުތު ހަމަވާ މީހެއްކަމުގައި ނުބެލެވޭތީ އެވެ.

ހަމްޒާ  ވިދާޅުވީ 109 ވަނަ މާއްދާގެ (ޅ) ގައި ބުނާ ހުކުމަކީ އިސްތިއުނާފު މަރުހަލާތަކުން ބެލި، އަޕްހޯލް ކުރެވި، ރެސް ޖުޑިކާޓާއަށް ނުވަތަ ނިހާއީ ހުކުމަކަށްވެފައިވާ ހުކުމަކަށްވުމަށް ފަހު އެ ހުކުމް މަތީ ކޯޓަކުން ބާތިލު ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އަދި އެ މީހަކު ސަލާމަތްވެ މިނިވަން ވާނީ ހުކުމް ތަންފީޒުކޮށްގެން ނޫނީ މައާފު ލިބިގެންކަމަށާއި، އެ ނުކުތާގެ އަލީގައި ފެންނަނީ އެ މާއްދާގައި ބުނަނީ މަތީ ކޯޓަކުން ނިމި އިސްތިއުނާފީ ދޮރު ބަންދުވެފައިވާ ހުކުމެއްގެ ވާހަކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް އީސީން ނިންމާފައި ވަނީ ގާނޫނު އަސާސީގެ 110 ވަނަ މާއްދާއާއި، ރިޔާސީ އިންތިހާބުގެ ގާނޫނުގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

ރައީސް ޔާމީންގެ ފޯމު ބަލައިގަނެވެން ނެތްކަމަށް ނިންމައި އެކަން އެންގި ލިއުމުގައި ކޮމިޝަނުން ބުނެފައި ވަނީ ރައީސް ޔާމީނަކީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށްވާއިރު ގާނޫނު އަސާސީ ބުނާގޮތުގައި ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހުގެ ހުކުމެއް އައިސްފައިވާ މީހަކަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ އެވެ. އަދި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ނެތްކަން އެމަނިކުފާނުގެ ކުށުގެ ރެކޯޑުން ވެސް އެނގޭކަމަށް އީސީން ބުންޏެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: