ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ޖަލުގައި ބަންދުކޮށްގެން ގެންގުޅުނީ އެމްޑީޕީންކަން މިއަދު ހާމަވެއްޖެ: ހީނާ

މަޖިލިސް އިންތިހާބާއި ގުޅޭ ގޮތުން ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން- - ވަގުތު އިމޭޖަސް: އަހްމަދު މަމްދޫހް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ 5 އަހަރު ރައީސް ޔާމީނަށް އަނިޔާދީ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނީ އެމްޑީޕީންކަން މިއަދު ހާމަވެއްޖެ ކަމަށް ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

އެކްސްގައި ޕޯސްޓެއް ހިއްސާ ކުރައްވާ ހީނާ ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތުން މަހުރޫމްކުރީ ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ސީދާ އެމްޑީޕީންކަމަށެވެ. އަދި އެއްވެސް ލުޔެއްނުދީ ރޯދަމަހުވެސް ޖަލުގޮޅީގައި ބޭއްވީ ހަމަ އެމްޑީޕީން ކަމަށް ހީނާ ވިދާޅުވިއެވެ.

މިއަދު ރައީސް ޔާމީން މިނިވަންވެގެން އެދިޔައީ ޝަރުޢީ ނިޒާމުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އެއްވެސް ނުފޫޒެއްނެތި ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ވަޢުދުފުޅު ފުއްދަވައިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ޖުޑިޝަރީގެ މައްޗަށް ރައީސްގެ ނުފޫޒެއްނެތްކަން ވަރަށް ސާފުކޮށް މިއަދު ސާބިތުވެއްޖެ ކަމަށް ހީނާ ވިދާޅުވިއެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދަށު ކޯޓުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ކުރިޔަށް ގެންދިއުމުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހައްދަވާފައިވާ ގިނަ ގޯސްތައް ފާހަގަކޮށް އިންތިއުނާފު މަރުހަލާއިން އެމަނިކުފާނު ވަނީ މިނިވަންވެފައެވެ.

މައްސަލައިގެ ހުކުމުގައި ވަނީ ކޮންމެ މީހަކަށް ވެސް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުން ގާނޫނުއަސާސީން ކަށަވަރުކޮށްދޭކަމަށެވެ. އަދި އެ ހައްގު ނުހައްގުން ނިގުޅައިގެނެގެން ނުވާނެކަމަށާއި، އައު ހެއްކަށް ފުރުސަތު ދިނުމަށް ދަށު ކޯޓުން ނިންމުމުގައި ބެލީ ކޮން ގާނޫނީ ހަމައަކަށްކަން އެނގެން ނެތްކަމަށް ހުކުމުގައި ވެއެވެ. އަދި ހުށަހަޅާފައި ހުރި ހެކިތަކަށް، ޑިސްކްރެޑިޓް ކުރުމަށް ފަހު އެހެން ހެކިތަކަށް ފުރުސަތު ދޭން ވީ ސަބަބެއް ނެތްކަމަށް ވެސް ހުކުމުގައި ވެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: