ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީނަށް އިންސާފު ލިބުން ލަސްވުމުގެ ޒިންމާ ނަގަން ޖެހޭނީ ރައީސް ސޯލިހު: ޣައްސާން

ޕީޕީއެމްގެ ނައިބު ރައީސް ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންސާފު ނުލިބި ލަސްވުމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ރިޝްވަތު ގަބޫލު ކުރުމާއި، މަނީ ލޯންޑްރިން ކުށުގެ ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ޔާމީނަކީ ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެނޑިޑޭޓެވެ. ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތީ، ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އެމަނިކުފާނަށް ފުރުސަތު ނެތުމާއި އެކު ގިނަ ބަޔަކު ދަނީ ކެނޑިޑޭޓާއި މެދު ސުވާލު އުފައްދަމުންނެވެ. އެކަމަކު އާރަށުގެ ހުކުމް އިސްތިއުނާފަށް ހުށަހެޅުމަށް ފަހު އިދިކޮޅުން ބުނީ ރައީސް ޔާމީންގެ ނަން އިންތިހާބުގެ ވޯޓު ކަރުދާހުގައި އޮންނާނެކަމަށާއި، ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެކަމަކު ހައިކޯޓުގައި ކުރިޔަށް ދާ ރައީސް ޔާމީންގެ އިސްތިއުނާފު މިވަގުތު މަޑުޖެހިފައިވުމާއި، އެކު ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ފޯމުތައް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުގެ މުއްދަތު ހަމަވާއިރު ވެސް ރައީސް ޔާމީންގެ މައްސަލައާއި މެދު ގޮތެއް ނިމިދިދާނެކަމަށް ނުފެނެ އެވެ. އެއާއި އެކު މީޑިއާތަކުގައި ދަނީ ޕީޕީއެމްގެ އެތެރޭގައި މައްސަލަ ގޯސްވެ، އެހެން ކެނޑިޑޭޓެއްގެ އަޑުތައް ގަދަވާން ފަށާފަ އެވެ. އަދި ލީޑާޝިޕްގެ ބައެއް ބޭފުޅުންގެ ޝައުގު ޓިކެޓު ހޯދުމަށް ހުރުމާއި އެކު އެކަމަށް ލޮބީ ކުރަމުންދާކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު ލަސްވާ މައްސަލައިގައި ޣައްސާން ވިދާޅުވީ، ދައުލަތުގެ އެންމެ އިސް ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އެކަމަކު ދައުލަތުގެ އެއްވެސް ބާރެއް ހިންގުން ހީނަރު ވިޔަސް އަވަސް ކުރުމަށް ގާނޫނުތައް ތެރެއިން އެންގެވުމަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތެއްކަމަށް ޣައްސާން ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ ރައީސް ޔާމީނަށް އިންސާފު ނުލިބި ލަސްވުމުގެ ޒިންމާ ރައީސް ޔާމީން ނަންގަވަން ޖެހޭނެ ކަމަށެވެ.

އިދިކޮޅުގެ ލީޑާޝިޕްއިން މިއަދު ވެސް ވަނީ ހައިކޯޓަށް ވަޑައިގެން ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުންތައް ތާވަލު ނުކުރާ މައްސަލައިގައި ސުވާލު ކުރަން މަސައްކަތްކޮށްފަ އެވެ. އަދި ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމާއި ވެސް ބައްދަލު ކުރުމަށް މަސައްކަތް ކުރި އެވެ. އެކަމަކު، ދެ ފަރާތުން ވެސް އެއްވެސް ބޭފުޅަކު އިދިކޮޅާއި ބައްދަލުކޮށްފައި ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: