ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން އަނެއްކާވެސް ސިޔާސީ ހަރަކާތެއްގައި!

ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަަވަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ގޭބަންދުގައި ހުންނަވައި ތަންފީޒު ކުރުމަށް ލުއިތަކެއް ދީފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަނެއްކާވެސް އިގުރާރާއި ހިލާފުވެ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ޕީޕީއެމް – ޕީއެންސީގެ ލީޑާޝިޕް ދެމެދު ޖެހުނު މައްސަލަތަކަށް ފަހު އެ ކޯލިޝަން ދޫކުރެއްވުމަށް ނިންމަވައި ރައީސް ޔާމީން ވަނީ ޕީޕަލްސް ނެޝަނަލް ފްރަންޓްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފަ އެވެ. އަދި އެ މަސައްކަތުގެ ތެރެއިންނާއި، އޭގެ ކުރިން ވެސް ރައީސް ޔާމީންގެ ބަންދަށް ލުއިދިނުމަށް އެއްބަސްވި އިގުރާރާއި ހިލާފަށް އެމަނިކުފާނު ބައެއް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި މައްސަލައިގައި ކަރެކްޝަނުން އިންޒާރުދީފައިވެއެވެ.

މީޑިއާތަކުން އެކަމާއި ގުޅިގެން ކުރި ސުވާލުތަކަށް ކަރެކްޝަނުން ބުނެފައި ވަނީ، އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ރައީސް ޔާމީނަށް ނަސޭހަތްތެރިވެފައިވާކަމަށެވެ. އަދި އިންޒާރުތަކަށް ފަހު ވެސް ރައީސް ޔާމީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ބައްދަލުވުންތައް ކުރިޔަށް ގެންދަވާނަމަ ބަންދަށް ދީފައިވާ ލުއިތައް އަނބުރާ ގެންދަން ޖެހިދާނެކަމަށް ވެސް ބުންޏެވެ. އެހެން ނަމަވެސް ކަރެކްޝަނުން އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައި ނުވެއެވެ.

ބަންދަށް އިތުރު ލުއިތަކެއް ދިނުމަށް ވެސް، ރައީސް ޔާމީން ދާދިފަހުން ހުށަހެޅުއްވި އެވެ. އެކަމަކު ކަރެކްޝަނުން ނިންމީ، އެމަނިކުފާނު ހުށަހެޅުއްވި ކަންކަމަށް ހުއްދަ ނުދޭންކަމަށް މީޑިއާތަކުން ރިޕޯޓު ކުރުމުން ގާނޫނީ ޓީމުން އެކަމުގެ މައުލޫމާތުތައް އާންމުކޮށް ބުނެފައި ވަނީ ރައީސް ޔާމީން ހުށަހެޅުއްވީ މީޑިއާތަކާއި، ނޫސްވެރިން ކުރަން ބޭނުންވާ ސުވާލުތަކެއް ހުރުމުގެ ސަބަބުން އެގޮތަށް ބައްދަލުވުމަކަށް އެދޭ ހާލަތެއްގައި ސުވާލަކަށް ޖަވާބު ދިނުމުގެ ހުއްދައަކަށެވެ. އަދި ބައެއް ބޭފުޅުން އެމަނިކުފާނާއި ބައްދަލު ކުރުމަށް ބޭނުންވާތީ، އެގޮތަށް އެދޭ މީހުންނާއި ޕީއެންއެފްގެ އޮފީހުގައި މަޝްވަރާ ކުރުމުގެ ހުއްދައަކަށެވެ.

ރޭ ރައީސް ޔާމީން ޕީއެންއެފްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް ޖަލްސާގައި ވާހަކަ ދައްކަވާފައި ނުވެއެވެ.

ޖަލު ހުކުމުގެ އިސްތިއުނާފު މިވަގުތު ކުރިޔަށް ދާ މައްސަލައިގެ ހުކުމަކާއި ހަމައަށް ދެވިފައިވާއިރު އަންނަ މަހުގެ ކުރީކޮޅު ހުކުމް އިއްވާނެކަމަށް ބެެލެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ކުށްވެރިއެއް. ރައީސް ނަޝީދު އުޅުނު ގޮތަށް އުޅެން ދިމާކުރިޔަސް ނަޝީދު ވައްކަމެއް ނުކުރޭ. ކޮރަޕްޝަނެއް ނެތް. މަނީ ލޯންޑަރިން އެއް ނެތް.
    ޔާމީނަކީ ދުނިޔެއަށް މަޝްހޫރު މަނީ ލޯންޑަރިންގެ ބޮޑު މުޖުރިމެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: