ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިތުނަވެރި ވާހަކަތަކަށް ފަަސް ޖެހުމެއް ނެތް، ލީޑާޝިޕް އޮތީ ބަދަހިކޮށް: ތޮލާލް

ޔާމީނަށް އަނިޔާކުރާ ކަމަށް ބުނެ އިދިކޮޅުގެ ލީޑާޝިޕް ރައީސް އޮފީސް ކައިރީގައި ތިއްބަވާ ނޫސްވެރިންނާ ވާހަކަދައްކަވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ލީޑާޝިޕް އޮތީ ބަދަހިކަމާއި އެކުވެރިކަމާއި އެކުކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިންތިހާބީ އެޖެންޓު މުހައްމަދު ތޮލާލު ވިދާޅުވެއްޖެ އެވެ.

އަންނަ ސެޕްޓެމްބަރު 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް ރައީސް ޔާމީން ހުށަހެޅި ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ޕާޓީގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. މައްސަލަ ބަލައިގަނެ، މާދަމާގެ ވަގުތެއްގައި އަޑުއެހުން ތާވަލު ކުރާނެކަމަށް ބެލެވޭއިރު ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވިދާނެ ހާލަތަކާއި މެދު ޕީޕީއެމް، ޕީއެންސީގެ އެތެރޭގައި ދެބަސްވުން އުފެދިފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

އީސީން ކެނޑިޑެސީ ފޯމު ބަލައިނުގަތް މައްސަލައާއި، ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުންތަކާއި ބެހޭ މައުލޫމާތުތައް ޕާޓީގެ ލީޑާޝިޕްއިން ސެނެޓާއި ހިއްސާ ނުކުރާތީ ރޭ ބައެއް ބޭފުޅުންގެ މެދުގައި ބަހުގެ ހަމަލާތައް ކުރިޔަށް ދިޔަކަމަށް ބުނެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

މި މައްސަލައިގައި ތޮލާލް މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ، އިދިކޮޅު ލީޑާޝިޕް އޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ. އެހެންވެ އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދިނުމަށް އެކަތިގަނޑެއްގެ ގޮތުގައި ޕާޓީ ކުރިޔަށް ދާނެކަމަށް ތޮލާލް ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވީ ޕާޓީ ބައިބައިކޮށްލުމުގެ ނުޔަތުގައި ދައްކާ ވާހަކަތަކުގެ ސަބަބުން، ކުރާ މަސައްކަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އެހެންވެ އޭނާ ގޮވާލީ އެއީ ފިތުނަވެރި ވާހަކަތަކަށް ވާތީ އެކަމަށް އާންމު މެމްބަރުން ސަމާލުވުމަށެވެ. އަދި ރައީސް ޔާމީންގެ ކެމްޕެއިނާއި އެކު ކުރިޔަށް ދިއުމަށް ތޮލާލް އެދިވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: