ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުރިމަނާ ފައިސާ ރައީސް ޔާމީން ނުދައްކާތީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރު

އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އުފުލި ދައުވާތައް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވި އެގާރަ އަހަރުގެ ހުކުމާއި އެކު ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް އެ ކޯޓުން ނިންމައިފި އެވެ.

2022، ޑިސެމްބަރު 25 ގައި ވ. އާރަށުގެ މައްސަލައިގައި އުފުލި ހިޔާނާތުގެ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅައި. ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖުރިމަނާ ވެސް ކުރި އެވެ. އެ ފައިސާ ދައްކަން ހުކުމުގައި ދިނީ އެއް މަސް ދުވަހުގެ މުއްދަތެއް ނަމަވެސް، އިސްތިއުނާފު އަޑުއެހުންތައް ކުރިޔަށް ދާނީ ރައީސް ޔާމީން ޖުރިމަނާ ނުދައްކަވަ އެވެ. އެހެންވެ އެ ފައިސާ ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅީ އެވެ.

މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ އާރަށުގެ މައްސަލައިގައި އިއްވާފައިވާ ހުކުމުގެ އިސްތިއުނާފާއި އެކު އެ ޖުރިމަނާ ދެއްކުން ފަސް ކުރުމުގެ އަމުރަކަށް ރައީސް ޔާމީން ހައިކޯޓުގައި އެދިވަޑައިގަތުމުން އެ އަމުރު ނެރެދީފައިވާ ކަމަށެވެ.

އެ އަމުރުގައި ވަނީ ހައިކޯޓުގައި މިވަގުތު ކުރިޔަށް ދާ އާރަށުގެ އިސްތިއުނާފު އަޑުއެހުންތަކަށް ފަހު ގޮތެއް ނިމުމާއި ހަމައަށް އެ ފައިސާ ހޯދުމަށް އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަހަޅާފައި ވާނަމަ އެ މައްސަލަ ކުރިޔަށް ނުގެންދިއުމަށާއި އެ ނޫން ވެސް ގޮތަކަށް ފައިސާ ހޯދުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން އެއްވެސް މަސައްކަތްތަކެއް ނުކުރުމަށް އަންގާ ކަމަށެވެ.

އެ އަމުރު ފާހަގަކޮށް ސިވިލް ކޯޓުގެ ނިންމުމުގައި ވަނީ ހައިކޯޓުގެ އަޑުއެހުންތައް ނިމި ހުކުމް ކުރާނެ ވަކި ތާރީހެއް އަންދާޒާ ކުރަން ނޭނގޭ ކަމަށެވެލ. އަދި އެ މައްސަލަ ދައުލަތާއި އެއްކޮޅަށް ނިމި ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ އެ ފައިސާ ހޯދުމަށް ތަންފީޒު ކުރުމުގެ އަމުރަކަށް އެދުމުގެ އިހުތިޔާރު ދައުލަތަށް އޮންނާނެތީ ހައިކޯޓުގައި އޮތް މައްސަލަ ނުނިމެނީސް ސިވިލް ކޯޓުގެ މައްސަލަ ކުރިޔަށް ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އެހެންވެ ސިވިލް ކޯޓުން ކަނޑައެޅީ ކްރިމިނަލް ކޯޓުގެ ހުކުމުގައި ދައުލަތަށް ދައްކަން ރައީސް ޔާމީނަށް އެންގި ފައިސާގެ ބައި ތަންފީޒު ކުރުމަށް އެދި ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދަން ޖެހޭ ސަބަބެއް ނެތުމުން މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް ކަނޑައަޅާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މިހާތަނަށް ދައުވާ އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން އެސްއޯއެފްއަށް ލިބުނު ފައިސާތަކެއް އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި މައްސަލާގަ އެވެ. ކުރީގެ ރައީސް، ޔާމީން އަބްދުލް ގައްޔޫމްގެ ނަމުގައި ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން ފައިސާ ވަދެފައިވާކަމަށް ފުލުހުން ތުހުމަތު ކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: