ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެނޑިޑެސީ ފޯމު ހުށަހަޅަން ބާކީ އަށް ދުވަސް؛ އިސްތިއުނާފު ހުއްޓިފައި އޮތުމުން އިދިކޮޅުގެ ކަންބޮޑުވުން

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ލީޑާޝިޕް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ފޯމުތައް ހުށަހެޅުމަށް ހަފްތާއަކަށް ވީއިރު، އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފު ޝަރީއާތާއި މެދު ގޮތެއް ނިމިފައި ނުވާތީ ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުންފާޅުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގައި ވާދަ ކުރުމަށް ހުޅުވާލާފައިވާއިރު، އެ ފުރުސަތު އަންނަ މަހުގެ 07 އަށް ހަމަވާނެ އެވެ. މިހާތަނަށް އެއްވެސް ކެނޑިޑޭޓަކު ފޯމު ހުށަހަޅާފައި ނުވީ ނަމަވެސް، ބެލެވޭ ގޮތުގައި މި ފެށޭ ހަފްތާގައި އީސީއަށް ފޯމުތައް ހުށަހަޅަން ފަށާނެ އެވެ.

ރިޔާސީ އިންތިހާބަށް ކެނޑިޑޭޓުންގެ ރަނިންމޭޓުން ކަށަވަރުވެފައި އަދި ނުވެ އެވެ. އެކަމަކު، މިއަދު ޕީޕީއެމްގެ މީޑިއާގެ ގުރޫޕަށް ފޮނުވި މެސެެއްގައި އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީންގެ ރަނިންމޭޓަކަށް އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް، އަދި ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ހަމަޖައްސާފައިވާ ކަމަށެވެ.

އާރަށުގެ މައްސަލައިގައި އުފުލި ދައުވާތައް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ކުރުމަށް ފުރުސަތެއް ނެތްކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެކަމަކު އިދިކޮޅުން ވަނީ އެކަން ގަބޫލު ކުރުމަށް ދެކޮޅު ހަދައި ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް ބުނެފަ އެވެ. އަދި ކޯޓުން އެމަނިކުފާނަށް އިންސާފު ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވެސް ބުންޏެވެ.

އިސްތިއުނާފު ކުރިޔަށް ނުދާތީ ހައިކޯޓަށް ވަޑައިގަތުމުން މިއަދު ވެސް، ރެޖިސްޓްރާއާއި ބައްދަލުވާގޮތްވެފައި ނުވާތީ އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފާއި މެދު ގޮތެއް ނުނިމި ދިގުލައިގެން ދިއުމާއި މެދު ކަންބޮޑުވާކަމަށެވެ. ރިޔާސީ އިންތިހާބަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮގަސްޓު މަހުގެ 07 ވަނަ ދުވަހު ހަމަވާއިރު ރައީސް ޔާމީނަށް އިންސާފު ލިބެން އޮތް މަގު ބަންދު ކުރަނީ ސަރުކާރުން އެކަމަށް ގަސްތުގައި ރާވައިގެންކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ ރައީސް ޔާމީންގެ އިސްތިއުނާފު ލަސްކޮށް، އެ އަޑުއެހުންތައް ކުރިޔަށް ހިންގިޔަ ނުދިނުމަށް ކަމަށެވެ. އެގޮތުން މިއަދު ހައިކޯޓުގެ އިދާރީ މުވައްޒަފުންނާއި އެ މައްސަލަ ތާވަލު ނުކުރަނީ ކީއްވެގެން ތޯ ސުވާލު ކުރުމުން، އެ މައްސަލަ ބަލާ ސެކްޝަނުގެ އެއްވެސް ބޭފުޅަކު ނެތްކަމަށް މައުލޫމާތު ދިންއިރު އަބްދުއްރަހީމް ސިފަ ކުރިގޮތުގައި އެއީ ޒިންމާދާރުކަން ކުދަ ޖަވާބެކެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ވާހަކަ މި ދައްކަނީ.. އަޅުގަނޑުމެން މިވަރުގެ ބޮޑު މައްސަލައެއްގައި އައިމަ ފުރަތަމަ އަޅުގަނޑުމެންނަށް ލިބުނު ޖަވާބަކީ އެ މައްސަލަ ބަލާ ސެކްޝަނުގެ އެއްވެސް މީހަކު މިތާކު ނެތޭ… ދެން އާންމު އުސޫލުން އަޅުގަނޑުމެން މިތަނުގައި މަޑުކޮށްގެން ތިއްބައި މިތާނގެ މީޑިއާ އޮފިޝަލް ނިކުމެވަޑައިގެން ވިދާޅުވީ އިތުރު އަޕްޑޭޓެއް ނެތޭ.. އެ ނިމުނީ

އަބްދުއްރަހީމް ވިދާޅުވީ ކޮންމެ ދުވަހަކު އިދިކޮޅުގެ ލީޑާޝިޕް ހައިކޯޓަށް ވަޑައިގެން ސުވާލު ކުރަނީ އެންމެ މީހެއްގެ މައްސަލައަކާއި ގުޅޭގޮތުން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މިއީ އެއްލަކަ އެތައް ހާސް ރައްޔިތުންގެ ހައްގުގެ ގެއްލިގެން އުޅޭ މައްސަލައެއްކަމަށާއި، ރައީސް ޔާމީނަކީ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކަމަށެވެ.

ތަކުރާރުކޮށް އަބްދުއްރަހީމް ވިދާޅުވީ ރައީސް ސޯލިހު މަސައްކަތް ކުރައްވަނީ، ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ގަސްތުގައި އަނިޔާ ދިނުމަށް ކަމަށެވެ. އަދި އެމަނިކުފާނަށް ރައީސް ޔާމީނާއި ވާދަކޮށް އިންތިހާބު ކާމިޔާބު ކުރަން ނުކެރޭތީ ބޭނުންފުޅު ވަނީ ގަދަކަމުން އެކަނި ވާދަ ކުރާ އިންތިހާބެއް ބޭއްވުމަށްކަމަށް އަބްދުއްރަހީމް ތުހުމަތު ކުރެއްވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން މާޔޫސްކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބު ނުވާނެކަމަށާއި، ރައީސް ޔާމީންގެ ނަން އިންތިހާބުގެ ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށެވެ.

މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ، ކޯޓުތަކުގެ ފަނޑިޔާރުންނަށް އިދިކޮޅުގެ ލީޑާޝިޕްގެ ފުރިހަމަ އިހުތިރާމް އެބައޮތްކަމަށެވެ. އެކަމަކު މާތްﷲ ގަންދީ ހުވާކޮށް މަގާމެއްގައި ތިބޭ ބޭފުޅުންތަކެއް ބޭއިންސާފުން އަމަލުތައް ބެހެއްޓުން ގޯސްކަމަށް އނާ ވިދާޅުވި އެވެ.

ރަައީސް ޔާމީނަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލިއްޖެ ހާލަތެއްގައި، އިތުރު ގޮތްތަކެއް ހޯދަން ޖެހޭކަމަށް ބުނެ ޕާޓީގެ އެތެރޭގައި ނުތަނަވަސްކަން އޮތްކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އަދި ބައެއް ބޭފުޅުން ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރަމުން ގެންދިއުމާއި ރަނިންމޭޓާއި ގުޅޭގޮތުން ވެސް ބަހުސްތައް ކުރެވުނުކަމަށް މައުލޫމާތު ލިބެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: