ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޑުޖެހިފައި އޮތް ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުން މިއަދު ފަށަނީ!

ޕީޕީއެމް އޮފީހުގައި އޮތް ޖަލްސާއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަޑައިގަންނަވަނީ: ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓުގައި ކުރިޔަށް ނުގޮސް މަޑުޖެހިފައި އޮތް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވ. އާރަށުގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުން މިއަދުގެ މެންދުރަށް ތާވަލުކޮށްފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުކުމް ކުރި އެ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ފެށިތާ ގިނަ ދުވަސްވީ ނަމަވެސް އެކަށީގެންވާ އަވަސް މިނުގައި ޝަރީއަތް ކުރިޔަށް ނުދާކަމުގެ ކަންބޮޑުވުން އެބައޮތެވެ. އެހެންވެ، އެކި ފަހަރު މަތީން އޭގެ ސަބަބު އޮޅުންފިލުވުމަށް ލީޑާޝިޕްގެ ބޭފުޅުން ހައިކޯޓަށް ވެސް ވަޑައިގަތެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ ދެ މަހެއްހާ ދުވަހުން ފެށިގެން ރައީސް ޔާމީންގެ އަޑުއެހުންތައް މަޑުޖެހިފައި އޮތީ ފަނޑިޔާރުން ޗުއްޓީގައި ތިއްބެވުމުންނެވެ.

އިތުރު ދެ އަޑުއެހުމެއް ވަރު ބޭއްވުމަށް ފަހު، ހުކުމަކާއި ހަމައަށް ދެވޭނެކަމަށް ބެލެވޭ މި މައްސަލަ ކުރިޔަށް ދާގޮތާއި މެދު ހިތްހަމަނުޖެހި ދާދިފަހުން ޕީޕިއެމް/ޕީއެންސީ އޮފީހުގައި އޮތް ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަ ދެއްކެވި އެވެ. ބަންދަށް ދެވުނު ލުއިތަކެއްގެ ތެރެއިންކަމަށް ވިދާޅުވެ، ރައީސް ޔާމީން އެރޭގެ ޖަލްސާގައި ރާއްޖޭގެ ޝަރުއީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި އެވެ.

ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގައި ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރައްވަނީ މި މައްސަލައިގައި ހެކި ބަސް ދިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު އާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަކީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މޭސްތިރިންކަމަށް ބުނާއިރު އެ މީހުންނަށް އެ މައްސަލައިގައި ހުކުމް ވެސް އިއްވާފައިވާކަމަށެވެ. އެހެންކަމުން އެ ދެ މީހުން ބެލެވޭނީ އެއީ ފާސިގުންގެ ގޮތުގައިކަމަށާއި، ރައީސް ޔާމީނާއި މެދު ދެ މީހުންގެ ހިތުގައި ވެސް އަދާވާތްތެރިކަމާއި ރުޅިވެރިކަން އޮންނާނެ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: