ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުގެ ރަނިނގްމޭޓަކަށް ސެންބެ!

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު މުއިއްޒު އަދި ރަނިނގްމޭޓު ހުސައިން: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ރަނިންމޭޓެއްގެ ގޮތުގައި މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހަމަޖައްސަވައިފިއެވެ.

އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރެވިދާނެކަމާއިމެދު ސުވާލު އުފެދިފައިވާއިރު، މުއިއްޒު ސޯޝަލްމީޑިއާއަށް ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިރާދަކުރެއްވިއްޔާ ރައީސް ޔާމީންއަށް ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރުމުގެ މަގުފަހިވެގެންދާނެކަމަށެވެ. މުއިއްޒު ވިދާޅުވީ، އެހެންނަމަވެސް އެ ފުރުސަތު ނިލިބިއްޖެ ހާލަތެއްގައި އޭނާ ހުންނެވީ ރައީސް ޔާމީންގެ އިރުޝާދާއިއެކު ވެރިކަން ކުރައްވާނެ ބެކްއަޕް ކެނޑިޑޭޓެއްގެ ގޮތުގައި ޕީއެންސީގެ ފަރާތުން އިންތިހާބު ކުރެވިފައިކަމަށެވެ.

އޭނާ ވިދާޅުވީ، އެޅިފައިވާ ޒިންމާތަކުގެ ދަށުން ރަނިންގް މޭޓެއްގެ ގޮތުގައި ހުސައިން މުހައްމަދު ލަތީފް ހަމަޖައްސާފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ހުސައިންއަކީ ޒުވާނެއްގެ އިތުރުން ތައުލީމީ ގާބިލު ހިދުމަތްތެރި މީހެއްކަމަށެވެ. އެހެންނަމަވެސް އޮގަސްޓު މަހުގެ 7 ވަނަ ދުވަހުގެ ކުރިން ރައީސް ޔާމީންއަށް ވާދަކުރެވެނޭ ފުރުސަތު ލިބިގެންދިއުމަށް ދުއާކުރައްވާކަމަށް ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ، އޭނާ ތައްޔާރުކުރަމުންދާ ބެކްއަޕް ކެނޑިޑަސީ އެޕްލިކޭޝަން ހުށައަޅަން ނުޖެހުމަށް ދުއާކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: