ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒުގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފި

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޑރ މުއިއްޒު ފޯމް ހުށަހަޅުއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފިއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެންސީ  އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ.

ޑރ.މުއިއްޒުގެ ކެެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން މުއިއްޒުގެ ފޯމު ހުށަހަޅުއްވަން ދަރުބާރުގެ އަށް އޭނާއާ އެކު ވަޑައިގަތީ ޕީއެންސީގެ ރައީސް އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އާއި މުއިއްޒުގެ ރަނިންމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް މުއިއްޒުގެ ނަން އެ ޕާޓީގެ މަޝްވަރާ މަޖިލިހުން މިދިޔަ ހަފުތާގައި ފާސްކުރީ ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ޝަރުތު ގެއްލުމުން ޔާމީންގެ ބަދަލުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: