ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމްގެ ކެންޑިޑެންސީ އިލެކްޝަންސްއިން ބަލައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެންޑިޑެންސީ  އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ.

ފޯރިގަދަ ހިނގާލުމަކާއި އެކު ގާސިމް ކެެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ މިއަދު އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވަނީ ގާސިމްގެ ކެންޑިޑެންސީ ފޯމް އިލެކްޝަންސްއިން ބަލައިގެންފައިވާކަން ހާމަކުރައްވާ ޓްވީޓް ކުރައްވާފައެވެ.

ގާސިމްގެ ފޯމްގައިވާ މަޢުލޫމާތާއި ތަކެތި އީސީގެ ފަރާތުން ބަލައި ޗެކްކުރި އިރު ޤާނޫންގައިވާ ގޮތުގެ މަތިން ގާސިމް އިބްރާހިމް ރިޔާސީ އިންތިޚާބަށް ޝަރުތު ހަމަވާ ބޭފުޅެއްކަމުގައި ބަލައި ހުށަހެޅުއްވި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ޤަބޫލް ކުރާކަމަށް ހަބީބްގެ ޓްވީޓްގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: