ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް ޤާއިމްކުރެވޭނެ ހަމައެކަނި ލީޑަރަކީ ގާސިމް އިބްރާހިމް: އަޒްލީން

ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް ޤާއިމްކުރެވޭނެ ހަމައެކަނި ލީޑަރަކީ ގާސިމް އިބްރާހިމްކަަމަށް ކުރީ ސަރުކާރުގެ ހޯމް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އަދި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރ އަޒްލީން އަހްމަދު ވިދާޅުވެއްޖެއެވެ.

އަޒްލީން މިހެން ވިދާޅުވީ ގާސިމް އިބްރާހިމް މިއަދު ކެންޑިޑެސީ ފޯމް އިސީއަށް ހުށަހެޅުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ޖުމްހޫރީ ޕާޓީއިން މ.ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އޭނާގެ ވާހަކައިގައި ސްރީލަންކާއަށް ދިމާވި ފަދަ ހާލަތަކުން ރާއްޖެ ސަލާމަތް ކުރެވޭނީ ގާސިމް ވެރިކަމަށް ގެނެސްގެންކަމަށާއި، ދިވެހިން ތިބީ ޞީއްޙީ، އިޖްތިމާއީ އަދި އިޤްތިޞާދީ ގޮތުން ދެވަނަ ދަރަޖައަކަށް ވެއްޓިފަކަމަށް ފާހަގަކުރެއްވިއެވެ. މިއީ ވަރަށް ބޮޑު މައްސަލައެއްކަމަށް ވިދާޅުވިއެވެ. އަދި ޖޫމްހޫރީ ޕާޓީގެ ސްލޯގަންކަމުގައިވާ މޯލްޑިވިއަންސް ފަސްޓްގެ ދަށުން ޖުމްހޫރީ ޕާޓީގެ އަސާސްއަކީ ދިވެހިން ފުރަތަމަ ދިވެހި ރައްޔިތުންގެ ގޮޮތުގައި ބަލައިގެން ވެރިކަން ކުރާނީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްކަމުގައި ވިދާޅުވިއެވެ. ހުރިހާ ރައްޔިތުންނަށް އެއް ހަމައެއްގައި އިންސާފު ލިބިގެންދާނީ އެމަނިކުފާނުގެ ވެރިކަމެއްގައި އެކަންކަން މަގުފަހި ކޮށްދޭނެކަމަށް އަޒްލީން ވިދާޅުވިއެވެ.

މީގެ 30 އަހަރު ކުރިންވެސް ދިވެހި ރައްޔިތުން ވަނީ ބޭސްފަރުވާއަށް ސަލާން ޖަހާފަކަމަށާއި، އަދި މި ފަސް އަހަރުގައިވެސް ޞީއްޙީ ކަންތައްތަކުގައި ރައްޔިތުން ޖެހެނީ ސަލާން ޖަހަންކަމުގައި ވިދާޅުވިއެވެ. އެހެން ނަމަވެސް ޖޭޕީގެ ސަރުކާޜެއްގައި، ސަރުކާރަށް ސަލާން ޖަހައިގެން ބޭއްފަރުވާ ކުރަން ރައްޔިތުންނަށް ނުޖެހޭނެކަަމަށް އަޒްލީން ވިދާޅުވިއެވެ. އެގޮތުން އާސަަންދައިގެ ޙިދުމަތް ހޯދައިގެން ޑޮކްޓަރަށް ދައްކަން ބޭރަށްދާ ފަރާތްތަކުން ދެވަނަ ބުރަކަށް ރާއްޖޭން ބޭރަށް ދިއުމަށް އާސަންދައިގެ ޙިދުމަތަށް އެދެން ނުޖެހި، ފަސޭހަކަމާއި އެކު މިޙިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ވިދާޅުވިއެވެ. ގާސިމްއަކީ އަބަދުވެސް ރައްޔިތުންނަށް ބޭސް ފަރުވާ ހޯދުމަށް އެހީތެރިވެދީފައިވާ އެކަމުގެ ތަޖުރިބާ ކުރި ބޭފުޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ދިވެހި ރައްޔިތުން ތިބީ މީގެ 100 އަހަރު ކުރިއަށް ދަރާފަކަމަށް އަޒްލީން ވިދާޅުވިއެވެ. މި ފަސް އަހަރު ސަރުކާރުން ދިވެހި ރައްޔިތުންގެ ބޮލުގައި ދަރަންޏެއް އަޅުވާފައިވާކަމަށް ވިދާޅުވިއެވެ. މިހުރިހާ ކަމުން ދިވެހި ރައްޔުތުން ސަލާމަތްކޮށްދީ އެހީތެރިކަން ފޯރުކޮށްދެވޭނީ ގާސިމް އިބްރާހިމްއާއި އެމަނިކުފާނުގެ ރަނިންގ މޭޓް އަމީން އިބްރާޙިމްއަށްކަމަށް އަޒްލީން ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން ވަނީ ފޯރިގަދަ ހިނގާލުމަކާއި އެކު ގާސިމް އިބްރާހިމްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. އަދި އެ ކޮމިޝަނުން ވަނީ ގާސިމްގެ ކެންޑިޑެސީ ފޯމް ބަލައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: