ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީއިން މަސައްކަތްކުރަމުންދަނީ ރާއްޖޭގެ ސިޔާސީ އަދި އިޖްތިމާއީ ކަންކަމަށް ބޭނުންވާ އޮކްސިޖަން ދިނުމަށް: ގާސިމް

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް: ފޮޓޯ/ ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީއިން ދިވެހިރާއްޖޭގެ ވެރިކަމަށް ވާސިލުވުމަށް މަސައްކަތްކުރަމުންދަނީ ސިޔާސީ އަދި އިޖްތިމާއީ ކަންކަމަށް ދޭންވީ “އޮކްސިޖަން” ދިނުމަށްޓަކައި ކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެންޑިޑޭޓު ފޯމު އިލެކްޝަންސްއާއި ހަވާލުކުރުމަށް ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ގާސިމްވަނީ ޖޭޕީގެ ތަސައްވުރާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ގާސިމް ވިދާޅުވީ، ޖޭޕީން ވެރިކަމެއް ގާއިމުކުރުމަށް މަސައްކަތްކުރަމުންދަނީ ދިވެހިރާއްޖެ ހެޔޮ މަގަކަށް ގެންދިއުމަށްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ޖޭޕީން މަސައްކަތްކުރަމުންދަނީ ގާބިލު މީހަކު ވެރިކަމަށް ގެނައުމަށްކަމަށެވެ.

ގާސިމް ވިދާޅުވީ، ޖޭޕީން މަސައްކަތްކުރަމުންދަނީ ދިވެހިރާއްޖޭގެ އިގްތިސާދީ ކަންކަމާއި ސިޔާސީ އަދި އިޖްތިމާއީ ކަންކަން ރަނގަޅުކުރުމަށްޓަކައި ދޭންވީ “އޮކްސިޖަން” ދިނުމަށްކަމަށެވެ. ގާސިމް ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ އޮކްސިޖެންއަކީ މިނިވަންކަމާއި އިސްތިގުލާލާއި ސަލާމަތްތެރިކަމާއި ދީނާއި ކަންކަން ދެމެހެއްޓި ގައުމު ސަލާމަތުގެ އައްސޭރިއަކަށް ވާސިލުވެގެންދިއުންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހި ރައްޔިތުން ތިބީ އެކަންކަން ހޯދުމަށް ފެންބޮވައިގަނެފައިކަން ސާފުކަމަށެވެ. ގާސިމް ވިދާޅުވީ، ޖޭޕީގެ މެމްބަރުން މެންދުރު ގަދަ އަވީގައި ކުނޫޒުން ފެށިގެން ދަރުބާރުގެ އާއި ހަމައަށް ހިނގާފައި ދިޔައީ “ކުޅި ދައްކާކަށް” ނޫންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެ ކަން ކުރީ ކުޅި ބަލާ މީހުންނަށް ދައްކަންވެސް ނޫންކަމަށެވެ. އެހެންކަމުން ކުރިއަަށް އޮތް މުހިންމު ވަގުތުތަކުގައި ވިސްނާވަޑައިގެން އަމަލުކުރެއްވުމަށް އިލްތިމާސް ކުރައްވާކަމަށް ގާސިމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މާޒިވެދިޔަ ކަންކަމުގެ ވާހަކަދައްކަވަން ނެތްކަމަށެވެ. އަދި ދައްކައިގެންވާނެ ފައިދާތަކެއްވެސް ނެތްކަމަށްވުމުން އެ ވާހަކަތައް ހަނދާން ނައްތާލައި މުސްތަގުބަލުގައި ދިވެހިރާއްޖެ އުޖާލާ މަގަކަށް އެޅުވުމުގެ ވިސްނުން ދެއްވާތޯ ދުއާކުރައްވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: