ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ލީޑަރަކު ސިޔާސީ ބަންދެއްގައި ނުބަހައްޓަން: ރައީސް

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރައްވާއިރު، އެއްވެސް ލީޑަރަކު ސިޔާސީ ބަންދެއްގައި ނެތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

2023ގެ ރިޔާސީ އިންތިހާބަށް ތާއީދު ހޯއްދެވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ސާލިހުވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގެ ދައުރުގައި ގިނަ އަދަދެއްގެ ސިޔާސީ ލީޑަރުން ޖަލަށް ލާފައިވާކަމަށް އަލިއަޅުއްވައި ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި ސިޔާސީ ހަރަކާތްތަކަށް ޖާގަ ދޭނެކަމަށް ވިދާޅުވެފައިވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ހާމަކަން ބޮޑު ގޮތެއްގައި ޖަވާބުދާރީވާނެ ސަރުކާރެއް ހިންގުމަށްވެސް ވިދާޅުވެފައިވާނެކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އެއީ ނުވާނެކަމެއްކަމަށް ބުނަމުންދިޔަކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި 321 ފުރުސަތެއްގައި ވަޒީރުން ހާޒިރުވެވަޑައިގެންފައިވާކަމަށެވެ. އަދި ކުރީ ސަރުކާރުގައި ހާޒިރުވެފައިވަނީ 58 ފަހަރުކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ދެ ސަރުކާރުގެ ތަފާތު އެކަމުން ފެނިގެންދާނެކަމަށެވެ.

ރައީސް ވިދާޅުވީ، ސިޔާސީ ބޭނުމުގައި އެއްވެސް މީހަކު ހައްޔަރުކޮށް ނުހަދާނެކަމަށްވެސް އެމްޑީޕީއިން ބުނެފައިވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އެ ވާހަކަތައްވެސް ގަބޫލުނުކުރެއްވިކަމަށާއި އެއީ ރައީސް ޔާމީންގެ ވެރިކަމުގައި ކަންކުރަމުންދިޔަ ގޮތްކަމަށްވުމުންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

2018 ވަނަ އަހަރުގެ އިންތިހާބާއި ކުރިމަތިލި އިރު ދިވެހިރާއްޖޭގެ ސިޔާސީ ލީޑަރުންގެ ހާލަތު ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިނިސްޓަރު އިމްރާން، ކާނަލް ނާޒިމް، ގާސިމް އިބްރާހިމް، ރައީސް ނަޝީދު އަދި ރައީސް މައުމޫނުގެ އިތުރުން މަޖިލީހުގެ 12 މެމްބަރަކާއި ފަންޑީޔާރުންނާއި ޕީޖީވެސް ހުންނެވީ ޖަލުގައިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެ ލިސްޓުގައި އަދިވެސް ގިނަ އަދަދެއްގެ ނަންތައް ވާކަމަށެވެ. އެހެންމަަވެސް އެމްޑީޕީގެ މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު އެއްވެސް މީހަކު ސިޔާސީ ބަންދެއްގައި ބަހައްޓާފައިނުވާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެންމެ ކޯޓެއްގެ ފުރާޅުންވެސް ޓިނު ނަންގަވާފައިނުވާނެކަމަށެވެ. ރައީސް ވިދާޅުވީ، އެކަންކަން ނުކުރައްވާ ވެރިކަމެއް ކުރެއްވިފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ވޯޓު ދެއްވަންވީ އެކަންކަމުގެ މައްޗަށް ރިއާޔަތްކުރުމަށްފަހުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: