ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ވުޖޫދުވީއްސުރެ ހާސިލުވި ކޮންމެ ކާމިޔާބީއެއްގެވެސް ބުރަ އުފުލީ އަޅުގަނޑު: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް ލިބިފައިވާ ކާމިޔާބީތަކުގަކުގެ ފަހަތުގައިވާ ބުރަތައް އުފުއްލި ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވަނީ ދިވެހިރާއްޖޭގައި ޑިމޮކްރެސީ ގާއިމުކުރުމަށް ކުރެއްވި މަސައްކަތްތަކާއިމެދު ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އޭނާއަކީ ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރެއިން އެކަކުކަމަށެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކަށް އެކަން ކުރައްވަން އޭރު ކެރިވަޑައިނުގެންނެވިކަމަށްވެސް ގާސިމް ފާހަގަކުރެއްވިއެވެ.

ގާސިމް ވިދާޅުވީ، އެމްޑީޕީ އުފެއްދުމުގެ މަސައްކަތްތައް ކުރެވިގެންދިޔައީ ވިލާ ބިލްޑިންގްގައިކަމަށެވެ. އަދި އެވަގުތު އެތަނުގައި މިހާރު ނިޔާވެފައިވާ ގޯގޯ ލަތީފް އާއި ރީފްސައިޑު ޒާހިރުގެ އިތުރުން ނައުޝާދު ވަހީދުވެސް އިންކަމަށާއިި އެމަނިކުފާނު ސޮއިކުރެއްވިނަމަވެސް ބައެއް ބޭފުޅުންނަށް އެ ފިޔަވަޅު ނަންގަން ކެރިވަޑައ ނުގަތްކަން ފާޙަގަކުރެއްވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ، މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް އެ ދުވަހު އެތަނުގައި އިންނެވިކަމަށެވެ. އޭނާ ވިދާޅުވީ، ސޮއިކުރައްވަން ކެރިވަޑައިނުގެންނެވި ފަރާތްތަކަށް އެކަން ކުރައްވަން ހިތްވަރު ލިބިގެންދިޔައީ އެމަނިކުފާނު ސޮއިކުރެއްވުމަށްފަހު ގަނޑުކޮޅު ހަވާލުކުރެވުމުންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، 42 މީހުންގެ ސޮއި ހަމަކުރުމުގެ މަސައްކަތްތައް ކުރެވިގެންދިޔައީ އެ ދުވަހަށް ފަހުކަމަށެވެ. ގާސިމްވަނީ އެމްޑީޕީއަށް އެ ދުވަހަށްފަހު ހާސިލުވި ކަންކަމުގެ ތެރެއިން އެމަނިކުފާނުގެ ޝާމިލުވުމެއް ނެތި ހާސިލުވެގެންދިޔައީ ކޮން ކަމެއް ތޯ ސުވާލުކުރައްވާފައެވެ. އަދި ހާސިލުވި ކަންކަމުގެ ތެރެއިން އެމަނިކުފާނު ބުރަތަކެއް ނުއުފުލައްވާ އޮތީ ކޮންކަމެއްގައިކަމާއިމެދުވެސް ގާސިމްވަނީ ސުވާލުކުރައްވާފައެވެ.

ގާސިމް ވިދާޅުވީ، އެމްޑީޕީއަށް ލިބިގޮސްފައިވާ ކާމިޔާބީތަކުގައި ހުރިހާ ބުރައެއް އަދި ”ތެއްފޭލި“ އުފުއްލެވީވެސް އެމަނިކުފާނު ކަމަށެވެ. އަދި ނަން ކޮންމެ ބޭފުޅަކަށް ލިބިވަޑައިގެންނެވިނަމަވެސް ކަންކުރެއްވި ފަރާތަކީ އެމަނިކުފާނުކަމަށް ގާސިމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް އެކަން ސާފުކޮށް އެނގިވަޑައިގަންނަވާނެކަމަށެވެ.

ގާސިމް ވިދާޅުވީ، އެމްޑީޕީއިން ތިން އަހަރު ދުވަސް މަސައްކަތްކުރުމަށްފަހު އިންތިހާބުގައި ކުރިމަތިލުމުން ލިބިގެންދިޔައީ 25 އިންސައްތަކަމަށްވާއިރު، ޖުމްހޫރީ ޕާޓީއިން އެއް މަސްދުވަސްކުރިން ފެށި ކެމްޕެއިންއެއްގެ ތެރެއިން 15 އިންސައްތަ ވޯޓު ކާމިޔާބުވެގެންދިޔަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: