ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުއާއި ކޯލިޝަން ހެދުމަކީ އާންމު މެމްބަރުންނަށް އުނދަގޫކަމަކަށްވާނެ: އިމްތިޔާޒް

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު މާލޭގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުއާއިއެކު ކޯލިޝަން ހެދުމަކީ އެ ޕާޓީގެ ގިނަ މެމްބަރުންނަށް އެންމެ ކަމުދާނެ ފިޔަވަޅު ނޫންކަމަށާއި އެހެންނަމަވެސް އެ ހާލަތު މެދުވެރިވުމުން އެ ނިންމުން ނިންމާނީ ޕާޓީގެ އާންމު މެމްބަރުންކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ތަރުޖަމާނު މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމްތިޔާޒްވަނީ ގިނަ ސުވާލުތަކަކަށް ޖަވާބު ދެއްވާފައެވެ. އެގޮތުން އިދިކޮޅުގެ ކެންޑިޑޭޓު މުއިއްޒު އާއިއެކު ރިޔާސީ އިންތިހާބުގައި މަސައްކަތްކުރުމާއިމެދު ސުވާލު ކުރެވިގެންދިޔަ އިރު، ކުރިއަށް އޮތް އިންތިހާބާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާފައިވާ ބައެއް ވާހަކަތަކާއި ގުޅޭގޮތުންވެސް ސުވާލު ކުރެވުނެވެ.

އިމްތިޔާޒް ވިދާޅުވީ، ޑިމޮކްރެޓްސްއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަމަށް ދެކެވޭ ބައެއް ވާހަކަތަކުން ނޫސްވެރިންނަށް ފަހުމްވިނަމަވެސް އެ ޕާޓީއިން ކެމްޕެއިން ކުރަމުންދަނީ ފުރަތަމަ ބުރުން ކާމިޔާބުކުރުމުގެ އަމާޒުގައިކަމަށެވެ. އޭނާ ވިދާޅުވީ، ކުރަމުންދާ ދަތުރުތަކުގެ ތެރެއިން ޑިމޮކްރެޓްސްއަށް އޮތް ތާއީދު ގާތުން ފެންނަމުންދާކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިހާބު ކާމިޔާބުވެގެންދާނެކަމުގެ ޔަގީންކަން އޮތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މުއްޒުއާއިއެކު ކޯލިޝަން ހެދުމާއި ބެހޭގޮތުން ޖަވާބު ދެއްވަމުން އިމްތިޔާޒް ވިދާޅުވީ، އެ ނިންމުމަކީ ޕާޓީގެ އާންމު މެމްބަރުންނަށް ފަސޭހަ ކަމަކަށް ނުވާނެކަމަށެވެ. އެހެންކަމުން އެކަމާއި ގުޅޭގޮތުން އޭނާއަށް ވަކި އެއްޗެއް ވިދާޅުވެވެން ނެތްކަމަށާއި އެ ނިންމުން ނިންމާނީ ޕާޓީގެ މެމްބަރުންގެ ތެރޭގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންތިހާބުތަކުގައި ފަންޑުކުރާ ގޮތާއިމެދުވެސް އިމްތިޔާޒް ވާހަކަދެއްކެވިއެވެ. އޭނާ ވިދާޅުވީ، އެކަންކަން ކުރަމުންދާ ގޮތަކީ ގާނޫނީގޮތުން ދެފުށް ފެންނަ ގޮތަކަށް އޮންނަންޖެހޭ ކަމެއްކަމަށެވެ. އެހެންކަމުން އެކަމާއި ބެހޭ ހުރިހާ މައުލޫމާތުތައްވެސް ގާނޫނީ ގޮތުން ލާޒިމުވާ ގޮތަށް ހުށައަޅަމުން ގެންދާނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު އިންތިހާބުގައި ކުރަމުންދާ ހަރަދުތަކާއި ގުޅޭ މައުލޫމާތު ސާފު ނުވާކަމަށެވެެ. އިމްތިޔާޒް ވިދާޅުވީ، ދައުލަތުގެ ހުރިހާ ވަސީލަތްތަކާއި ފައިސާއިންވެސް އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގައި ބޭނުންކުރަމުންދާކަމަށް ތުހުމަތުތަައް ކުރެވެމުންދާކަމަށެވެ.

އޭނާ ވިދާޅުވީ، އެއީ އިންތިހާއަށް ބޮޑެތި ތުހުމަތުތަކެއް ކަމަށްވާއިރު، ސަރުކާރުން އެކަން ދިފާއުވުމަށްވެސް މާ ގިނަ ވާހަކަތަކެއްވެސް ދައްކާފައިނުވާކަމަށެވެ. އިމްތިޔާޒް ވިދާޅުވީ، ވަޒީފާގެ ބިރު ދެއްކުމާއި ހުރި މިންވަރަށްވުރެ ގިނަ ވަޒީފާތަކެއް ހުށައެޅުން ފަދަ ކަންކަންވެސް އިންތިހާބުގެ ތެރެއިން ފާހަގަކުރެވެމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 7%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: