ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމްޕެއިންގައި ގަވާއިދާއި ހިލާފަށް ދައުލަތުގެ ވަސީލަތް ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އޭސީސީއިން ބުނެފި

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނާއި، ގަވާއިދާއި ހިލާފަށް ދައުލަތުގެ ވަސީލަތްތައް ކެމްޕެއިންތަކުގައި ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ 8 ކެނޑިޑޭޓުން ވާދަކުރާއިރު، އެކި ކަހަލަ ތުހުމަތުތައް ދަނީ ކެމްޕެއިންތަކާއި ގުޅިގެން ކުރެވެމުންނެވެ. އެގޮތުން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާކަމުގެ ތުހުމަތު، ވެރިކަމުގައި އޮންނަ ފަރާތްތަކަށް އަބަދުވެސް އަމާޒުވެއެވެ.

މިކަމާއި ގުޅިގެން އޭސީސީއިން ބަޔާނެއް ނެރެފައިވާއިރު، ބަޔާނުގައި ހަނދުމަކޮށްދީފައިވަނީ ކެޕެއިންތައް ކުރިއަށް ގެންދާއިރު، ރިޔާސީ އިންތިހާބުގެ ގާނޫނާއި އަދި އިންތިހާބުތަކާއި ބެހޭ ގާނޫނާއި، އެ ގާނޫނޫގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި ހިލާފަށް ރިއާޔަތްކޮށް ދައުލަތުގެ ވަސީލަތް ކެމްޕެއިން އެއްވެސްކަމެއްގައި ބޭނުންކުރުމަކީ މަނާކަމެއްކަމެވެ.

ނަމަވެސް ދައުލަތުގެ ވަސީލަތްތައް ކެމްޕެއިނުގައި ބޭނުންކުރެވޭނެ ހާލަތްތައް ގާނޫނުގައި ބަޔާންކޮށްފައިވާއިރު، އެއާއި އެއް ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް އޭސީސީއިން ވަނީ އެދިފައެވެ. އަދި އެހެން ފަރާތްތަކަށް ދައުލަތުގެ ވަސީލަތްތައް ދޫކުރާއިރުގައިވެސް ގާނޫނާއި، ގަވާއިދާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް އެދިފައިވެއެވެ.

ކެމްޕެއިންގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމާއި ގުޅޭ ގޮތުން ކޮމިޝަނަށް ހުށައަޅާ މައްސަލަތަކުގެ އިތުރުން، ކޮމިޝަނުން އިސްނެގުމަށް މިފަދަ ކަންކަން މޮނިޓަރ ކުރާނެކަމަށް ފާހަގަކޮށް، ބަޔާނުގައި ބުނެފައިވަނީ މައްސަލަތައް ބަލާ، ގާނޫނާއި ގަވާއިދުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: