ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމް މާމިގިލި ޓްރާންސްފޯމް ކޮށްފި، އެހެންވީމަ ގައުމުވެސް ޓްރާންސްފޯމް ކުރެވޭނެ: އަލީ ހުސައިން

ރޭ ޖުމްހޫރީ ޕާޓީއިން ކުރިއަށް ގެންދިޔަ "ކަށަވަރު ބޯހިޔާވަހިކަން" ޕެނަލް ޑިސްކަޝަންގައި އަލީ ހުސައިން ވާހަކަދައްކަވަނީ،
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމަށް ގެނައުމަށް ބޭނުންވާ ބަދަލު ގެނެވޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާޙީމް ވެރިކަމަށް ގެނައިސްގެންކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރޭ ޖުމްހޫރީ ޕާޓީއިން ކުރިއަށް ގެންދިޔަ “ކަށަވަރު ބޯހިޔާވަހިކަން” ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި މާލޭގައި ވެރިކަން ކުރިއިރު، ރައްޔިތުން މާލެއަށް ހިޖުރަކުރަނީ ވަޒީފާއާއި، ސިއްހީ ހިދުމަތާއި، އަދި އެކަށީގެންވާ ތައުލީމް ހޯދުމަށްކަމަށެވެ. މާލެއަށް ހިޖުރަކުރާއިރު، މާލެއިން ބޯހިޔާވަހިކަން ނުލިބޭކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ބޯހިޔާވަހަކަމުގެ މައްސަލަ މާލޭގައި އޮތްއިރު، ތޮއްޖެހުމުގެ މައްސަލަވެސް އިންތިހާއަށް އެބައޮތްކަމަށް ފާހަގަކޮށް އަލީ ހުސައިން ވިދާޅުވީ، ނަމަވެސް މި މައްސަލައަށް ހައްލު ހޯދުމަށް އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާކަމަށެވެ. އެތައް އަހަރެއްވީއިރުވެސް މާލެ އޮތީ އެއް ހާލެއްގައިކަމަށާއި، ބޯހިޔާވަހިކަމަށް ހައްލު ގެނައުމަށް ވިލިގިލިންނާއި، ހުޅުމާލޭގެ 1 އަދި 2 ވަނަ ފިޔަވަހިން ގޯތި ދޫކުރި ނަމަވެސް އެކަމުން ހައްލު ނުނިކުތްކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައިގެ ސަބަބުން އެތައް އިތުރު މައްސަލައެއް ފެންމަތިވާކަމަށާއި، ބޯހިޔާވަހިކަމަށް ހައްލު ލިބުމުން ވަރިތައް ގިނަވުމާއި އާއިލާތައް ރޫޅުން މަދުވާނެކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އަދި އަޅުގަޑުމެންގެ ގައުމީ ކެންޑިޑޭޓްގެ ތަސައްވުރަކީ މައްސަލައިގެ މުލަށް ފައިބައި މައްސަލަ ހައްލުކުރަން މަސައްކަތްކުރުން. އެއީ ދިވެހިރާއްޖެއަށް ސަރަހަށްދީ ތަރައްގީ ގެނައުން. ސަރަހައްދީ ތަރައްގީ ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތް.

އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި، މައްސަލައިގެ ފެށުމާއި ހިސާބުން ހައްލު ގެނައުމަށް މަސައްކަތް ކުރާނެކަމަށެވެ. ގާސިމް އިބްރާހީމްގެ ތަސައްވުރަކީ އެއީކަމަށާއި، މި ތަސައްވުރުން ރާއްޖެއަށް ތަރައްގީ ގެންނާނެކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. އަދި ވިދާޅުވީ ގާސިމް އިބްރާހީމްގެ ވެރިކަމެއްގައި ސަރަހައްދީ ތަރައްގީ ގެނައުމަށްޓަކައި، އިގްތިސާދު ފުޅާކޮށް، ވަޒީފާތައް އުފައްދާ، މާލެ ނޫން ސަރަހައްދުތަކުންވެސް ބޭސް ފަރުވާ ލިބޭނެ އިންތިޒާމްތައް ހަމަޖައްސައްދެއްވާނެކަމަށެވެ.

ތަންތަން ޓްރާސްފޯމު ކުރުމުގެ ގާބިލްކަން ގާސިމް އިބްރާހީމްގެ ހުންނަވާނެކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަދައްކަވާ، އަލީ ހުސައިން ވިދާޅުވީ މިފަދަ ބޭފުޅަކަށް ގައުމުވެސް ޓްރާންސްފީމް ކުރެވޭނެކަމަށެވެ. އެގޮތުން މާމިގިއްޔަށް ގާސިމް ގެނެސްދެއްވާފައިވާ ތަރައްގީއަކީ> ގާސިމްގެ ގާބިލުކަން ދައްކުވައިދޭ މިސާލެއްގެ ގޮތުގައި އަލީ ހުސައިން ފާހަގަކުރެއްވިއެވެ.

އެގޮތުން މާމިލީ ފޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމްކޮށްފައިވާކަމަށާއި، ފަޅަށް ކާގޯ ބޯޑު ފަހަރު ވަދެވޭނެ ގޮތަށް ތަރައްގީ ގެނެސްދެއްވާފައިވާކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: