ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

35 މިލިއަނަށް ބަނދަރެއް ހެދޭއިރު ބަނދަރެއް މަރާމާތުކުރަން 59 މިލިއަން ހޭދަވަނީ ކީއްވެ: އަލީ ހުސައިން

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ޖޭޕީގެ ލީޑަރު ގާސިމް އިބްރަހީމްގެ ކެމްޕެއިން ޖަލްސާގައި. ފޮޓޯ: އިސްމީ ފަޒް.
ޝެއާރކޮށްލާ ކަހަލަދޯ؟

ކެންދޫ ދާއިރާގެ ކުޑަ ރަށެއްގެ ބަނދަރު ޔޫރަޕުގެ ގައުމަކުން ލޯނެއް ނަގައިގެން ހަދާއިރު 35 މިލިއަން ރުފިޔާއިންވާކަމަށާއި އެހެންނަމަވެސް ދައުލަތުގެ ބަޖެޓުން ހަމަ އެ ވަރުގެ ރަށެއްގެ ބަނދަރު “މަރާމާތު” ކުރަންޖެހުމުން 59 މިލިއަންގެ ހަރަދެއް ހިނގާކަމަށް ފާހަގަކުރައްވާ އެ މިންވަރަށް އަގުގެ ތަފާތުތައް އަންނަ ސަބަބާއިމެދު މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ސުވާލު އުފައްދަވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވަނީ ވަނީ ދައުލަތުގެ ބަޖެޓުން މަޝްރޫއުތައް ހިންގަމުންދަނީ ނަހަމަ އަގުބޮޑުކޮށްކަން ފާހަގަ ކުރައްވާފައެވެ. އޭނާ ވަނީ ޔޫރަޕުގެ ގައުމަކުން ލޯނު ނަގައިގެން މަޝްރޫޢުއެއް ހިންގުމަށް ދާ ހަރަދާއި ދައުލަތުގެ ބަޖެޓުން އެ މަސައްކަތްތައް ކުރުމަށް ދާ ހަރަދާއި ދެމެދު ބޮޑެތި ތަފާތުތަކެއް ހުރިކަމަށް ވިދާޅުވެފައެވެ. އަދި އެ ތަފާތުތައް އަންނަ ސަބަބާއިމެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

އޭނާ ވިދާޅުވީ، އެގޮތަށް ދިމާވާ ސަބަބާއިމެދު ފުންކޮށް ވިސްނެވުމަށް އިލްތިމާސް ކުރައްވާކަމަށެވެ. އަލީ ހުސައިން ވިދާޅުވީ، ކުޑަރަށެއްގެ ބަނދަރު ހެދުމަށް ހަރަދުވާ 35 މިލިއަން އަދި އެވަރުގެ ރަށެއްގެ ބަނދަރު “މަރާމާތު” ކުރުމަށް ދައުލަތުގެ ބަޖެޓުން 59 މިލިއަންވެސް ވެސް ހަރަދުވެގެންދަނީ ރައްޔިތުންގެ ފައިސާކަމަށެވެ.

އޭނާ ވިދާޅުވީ، އެގޮތަށް ކުރާ ކަންކަމަށް ކިޔަނީ ކޮރަޕްޝަން ހިންގުންކަމަށެވެ.  ރައީސުލްޖުމުހޫރިއްޔާގެ މަގާމު އަދާކުރައްވާ މީހަކު ރަނގަޅުވަނީ ގިނަ އަދަދެއްގެ މަޝްރޫއުތައް ހިންގައިގެން ނޫންކަމަށެވެ. ބޮޑެތި ލޯނުތައް ނަގައިގެން ޕްރޮޖެކްޓުތައް ހިންގުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ، ފެނަކާއި ރޯޑް ކޯޕަރޭޝަން ފަދަ ކުންފުނިތަކުން ވެސް ބޮޑެތި ލޯނުތައް ނަގައިގެން މަޝްރޫއުތައް ކުރިއަށް ގެންދާނެކަމަށެވެ.  އެ ވިސްނުމުން ނަމަ ރައީސަކު ހުރުމުގެ މާ ބޮޑު ބޭނުމެއް ނެތްކަމަށެވެ.  ރައީސަކު އައްޔަނުކުރަނީ ކުރެވިގެންދާ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގެ މަތިން ކުރެވިގެންދާކަން ކަށަވަރުކުރުމަށްކަން ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާގެ މަސައްކަތްތައް ކުރެވިގެންދާ ގޮތް ބެލުމަށް ރައްޔިތުންގެ މަންދޫބުން ހޮވައި މަޖިލީހަށް ފޮނުވާކަމަށެވެ. އެހެންނަމަވެސް އެ މީހާ ގޮސް ރައީސްގެ އަޅަކަށް ބަދަލުވެގެންދާކަމަށާއި ޕްރޮޖެކްޓުތަކުގެ އަވައިގައި ޖެހި ރައީސް އާއިއެކު އޭނާ މަސައްކަތްކުރާ ނަމަ ކަންކަން ރަނގަޅަށް ކުރިއަށް ނުދާނެކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: