ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަންކަމަށް ކުރާ އަސަަރުގެ ޒިންމާ، ރައީސް ސާލިހަށް ވޯޓުދެއްވި މީހުން ނަގަންޖެހޭނެ: އަލީ ހުސައިން

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ޖޭޕީގެ ލީޑަރު ގާސިމް އިބްރަހީމްގެ ކެމްޕެއިން ޖަލްސާގައި. ފޮޓޯ: އިސްމީ ފަޒް.
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަންކަމަށް ކުރާ އަސަަރުގެ ޒިންމާ، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ވޯޓުދެއްވި މީހުން ނަގަންޖެހޭނެކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ހދ ހިރިމަރަދޫއަށް ކެމްޕެއިންއަށް ވަޑައިގެން ވަހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ރައީސް ސާލިހަށް ވެރިކަން ދޫވެގެންދާ އިހުސާސްކުރެެވެން ފަށާފައިވާކަމަށެވެ.

އޭނާ ދެން ސުވާލު އުފެއްދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިދިކޮޅަށް ތާއީދު ކުރައްވާ ސަބަބާއިމެދުގައެވެ. ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ވިދާޅުވާފަދައިން، މިއަހަރުގެ ރިޔާސީ އިންތިހާބަކީ ކުލަބު ޖަމިއްޔާ ހިންގާނެ މީހަކު ހޯދަން ބާއްވާ އިންތިހާބެއް ނޫންކަމަށް ފާހަގަކޮށް، އަލީ ހުސައިން ވާހަކަދެއްކެވީ ވެރިކަމަށް އައުން ޖޯކަކަށް ހައްދަވައިފިކަމަށް ވިދާޅުވާފަދަ މޭރުމަކުންނެވެ. އަދި ވިދާޅުވީ ޖޭޕީއިން ނިކުމެ އެތިބީ ގޯސް ފެނުނީމައި ވެރިކަން ނިންމުމަށްކަމަށެވެ.

ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމްއަކީ ވެރިކަމަށް ގާބިލް ބޭފުޅެއްކަމަށް ވިދާޅުވެދެއްވުމަށް އަލީ ހުސައިން އަންނަނީ އެމްޑީޕީ އުފެއްދުމަށް އަދި އެއަށްފަހު ގާނޫނު އަސާސީ އެކުލަވާލުމަށާއި، ގައުމުގެ ހާލަތު ބަދަލުކުުރުމަށް ގާސިމް ކުރައްވަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވަމުންނެވެ.

މަލިކު ގެއްނު ގޮތަށް ރައްޖެއިން ބައެއް ގެއްލުވާލަން އެ އުޅެނީ. މި ގައުމުގެ މިނިވަންކަން ގެއްލޭ ބަޔަކަށް ތިބޭފުޅުން ވޯޓުލައިފިނަމަ ޒިންމާވާންޖެހޭނެ. ގައުމުގެ މިނިވަކަން ގެއްލުވާލުމަށް ވޯޓު ދިނުމަކީ އާދައިގެ ކަމެއް ނޫން.

އަލީ ހުސައިން ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ހުސައިން ވަނީ ގައުމުގެ މިނިވަންކަން ގެއްލިގެންދާކަމަށް ވިދާޅުވެފައެވެ. މިނިވަންކަމަށް ކުރާ އަސަަރުގެ ޒިންމާ، ރައީސް ސާލިހަށް ވޯޓުދެއްވި މީހުން ނަގަންޖެހޭނެކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. ރައީސް ސާލިހަށް ފުރުސަތުދޭން ބޭނުންނުވާކަމަށް ފާހަގަކޮށް، އަލީ ހުސައިން ވިދާޅުވީ އުތުރު ތިލަފަޅުގައި އާއި ލާމު އަތޮޅާއި، އައްޑޫގައިވެސް އިންޑިއާ ސިފައިން އެބަތިބިކަމަށެވެ. އުތުރު ތިލަފަޅުގައި ޑިފެންސް މިނިސްޓަރަށް ނުވަދެވޭ ތަންތަންވެސް އެބަހުރިކަމަށް ވިދާޅުވެ، ރާއްޖޭގެ ތަންތަން ބޭނުން ކުރަން އިންޑިއާއިން ހުއްދަ ނަގަންޖެހުމަކި ހިތާމައެއްގެ ގޮތުގައިވެސް އަލީ ހުސައިން ވަނީ ފާހަގަކޮށްފައެވެ.

މަލިކު ރާއްޖެއަށް ގެއްލިގެންދިޔަ ފަދައިން ރާއްޖޭގެ ބައެއް ގެއްލުވާލުމަށް ސަރުކާރުން މަސައްކަތްކުރާކަމަށް ތުހުމަތުކޮށް އަލީ ހުސައިން ވިދާޅުވީ ގައުމުގެ މިނިވަންކަން ނަގާލުމަށް މަސައްކަތް ކުރާ މީހުންނަށް ވޯޓުދިނުމަކީ އާދައިގެކަމެއް ނޫންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: